ރޯދަ އަށް ގެންނަ ހާފިޒުން ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފި

މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީލު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުނ ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ. ކޮންޓްރޯލާ އޮފް އިމިގްރޭޝަން ...

29 Apr 2019 | 06:24

މި އަހަރުގެ ރޯދަ މަހު އިމާމުވެ ތަރާވީލު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުނ ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ބޭރުގެ ހާފިޒުންނަށް މި ފަހަރު ޖަހައިދޭނީ ވަކި މުއްދަތަކަށް ދޫކުރާ ހާއްސަ ވިސާއެއް ކަމަށާއި އެ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ބޭނުންވާނެ ކަމަށެވެ. އަދި އެ ވިސާ ހޯދަން ފަސް ދުވަސް ކުރިން އެޕްލައި ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭރުގެ ހާފިޒުންނާއި ގާރީންނަށް މި ފަހަރު ދޫކުރާ ހާއްސަ ވިސާ އަށް އެދި ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހޭއިރު، އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީ އާއި އެ މީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް ހިމެނެ އެވެ. އަދި، ރާއްޖެ އަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީއެއް ވެސް ހުށަހަޅަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް