އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްފި

އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްފި އެވެ. ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ ކަމަށްވާ އަރަބިއަން ޓްރެވެލް މާކެޓް ފަށާފައިވަނީ އިއްޔެ...

29 Apr 2019 | 05:32

އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށްފި އެވެ.

ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ ކަމަށްވާ އަރަބިއަން ޓްރެވެލް މާކެޓް ފަށާފައިވަނީ އިއްޔެއެވެ. އަދި މި ފެއާ ކުރިއަށްދާނީ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި އަންނަ މަހުގެ އެކެއްގެ ނިޔަލަށެވެ.

މި ފެއާގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 130 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ފެއާގައި މިއަހަރު 150 ގައުމަކުން 2،500 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު އަރަބިއަން ޓްރެވެލް މާކެޓް ބާއްވާތާ މިހާރު 26 އަހަރު ވެފައިވެއެވެ. އަދި މިއަހަރުގެ ފެއާއަށް 40،000 މީހުން ޒިޔާރަތްކުރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މިއަހަރުގެ ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެއްވެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވޭނެ އިތުރު ގޮތްތަކާއި މެދު މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް