ސިންދިތާ ފިހާރައިން ދެ ފުޅި ސެންޓް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ރޭގައި މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް 22:40 ހާއިރު ޝަބްނަމް މަގުން ދިޔަ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބަލާ ފާސްކުރިއިރު އޭނާގެ އަތުން ސިންދިތާ ފިހާރައިގެ ނަމުގައި އަގު ޖަހާފައި އޮތް ދެ ފުޅި ސެންޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
އެގޮތުން ކަން ހިނގި ގޮތް ސާފު ކުރުމަށް ސިންދިތާއަށް ގޮސް ސުވާލު ކުރުމުން އޭނާ އަތުން ފެނުނު ދެ ސެންޓް ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތިކަން އެނގުނުކަމަށް ފުލުހުން ބުނެފައިވެއެވެ.
މާލޭގައި ވައްކަން ކުރުން އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ރޭ އެކަނި ވެސް ވައްކަމުގެ ތިން މައްސަލައެއް ވަނީ ރިކޯޑް ކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް