ކޯރަމް ހަމަނުވުމުން މަޖިލިސް ޖަލްސާ ފެށުން ލަސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކޯރަމް ހަމަ ނުވެގެން ފެށުން ލަސްވެއްޖެއެވެ. ޖަލްސާ ނުވައެއް ޖެހިއިރު ފަށަން ހަމަޖެހިފައިވަނިކޮށް ކޯރަމް ހަމަނުވުމާ ގުޅިގެން 9:30 ގައި ޖަލްސާ ފަށަ...

29 Apr 2019 | 05:06

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ ކޯރަމް ހަމަ ނުވެގެން ފެށުން ލަސްވެއްޖެއެވެ.

ޖަލްސާ ނުވައެއް ޖެހިއިރު ފަށަން ހަމަޖެހިފައިވަނިކޮށް ކޯރަމް ހަމަނުވުމާ ގުޅިގެން 9:30 ގައި ޖަލްސާ ފަށަން މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ ރިޔާސަތު ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމްއަކީ 22 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްތަކައް ބަހުސް ކުރުމަށް މި ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

ދައުރުގެ ފަހުގެ ޖަލްސާތައް ކޮންމެ ދުވަހަކު ވެސް ފެށިފައި ވަނީ ޖަލްސާ ފަށަން ކަނޑައަޅާފައިވާ އޮންނަ ގަނޑިއަށް ވުރެ ލަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް