މުސްލިމް ގިނަ ގައުމުތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ މޭ ހައެއް

ކުރިއަށް އޮތް މޭ މަހުގެ ހަ ވަނަ ދުވަހަކީ މުސްލިމް ގިނަ ގައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވާނެ ކަމުގައި ބައިނަލްއަގްވާމީ އެސްޓްރޮނޯމިކަލް ސެންޓަރުން ބުނެފިއެވެ. އެ ސެންޓ...

29 Apr 2019 | 01:01

ކުރިއަށް އޮތް މޭ މަހުގެ ހަ ވަނަ ދުވަހަކީ މުސްލިމް ގިނަ ގައުމުތަކަށް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވާނެ ކަމުގައި ބައިނަލްއަގްވާމީ އެސްޓްރޮނޯމިކަލް ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނެފައިވަނީ އިރުމަތީ އޭސިއާ އަދި ދެކުނު އިރުމަތީ އޭސިއާގެ ގައުމުތަކާއި ޔޫރަޕްގެ ދެކުނުގެ ގައުމުތަކާއި އަރަބި ބައެއް ގައުމުތަކަށް، މެއި ފަހެއްގައި ހަނދު ފެންނާނީ ޓެލެސްކޯޕެއް މެދުވެރިކޮށް ކަމަށެވެ. ނަމަވެސް އެހެން ސަރަހައްދުތަކަށް ފަސޭހަ ކަމާއެކު ހަމަލޮލުންވެސް ހަނދު ފެންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ހުޅަނގު އަދި ދެކުނު އެފްރިކާގެ ގައުމުތަކާއި އެމެރިކާގެ ގިނަ ގައުމުތަކަށްވެސް ހަނދު ފެންނާނީ ޓެލެސްކޯޕް މެދުވެރިކޮށް ކަމަށާއި ނަމަވެސް މެދުތެރޭ އެމެރިކާގެ ގައުމުތަކަށް ޓެލެސްކޯޕަކާއި ނުލާ ހަނދު ފެންނާނެކަމަށްވެސް ބުނެފައިވެއެވެ.

ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވެސް، މި އަހަރުގެ ރޯދަ މަސް ފެށޭނެ ދުވަހެއް ކަމަށް ބުނެފައިވަނީ މެއި މަހުގެ ހަ ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް