ޝިލްޕާ ރާއްޖޭގައި މަހެއް ބޭނުމުން ސަޕޯޓަރުން ރަތަށް އަރައިފި

ކަނުހުރާ މޯލްޑިވްސްގައި ޗުއްޓީ ހޭދަ ކުރަމުންދާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ މަސް ބާނާ ވީޑިއޯއެއް އިންސްޓަގްރާމް ކުރުމުން ސަޕޯޓަރުން ރަތަށް އަރައިފި އެވެ. ޝިލްޕާ މަހެއް ބާނާ ވީޑިއޯއެއް އާންމު ކުރުމަށް...

29 Apr 2018 | 14:58

ކަނުހުރާ މޯލްޑިވްސްގައި ޗުއްޓީ ހޭދަ ކުރަމުންދާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ މަސް ބާނާ ވީޑިއޯއެއް އިންސްޓަގްރާމް ކުރުމުން ސަޕޯޓަރުން ރަތަށް އަރައިފި އެވެ.

ޝިލްޕާ މަހެއް ބާނާ ވީޑިއޯއެއް އާންމު ކުރުމަށް ފަހު ލިޔެފައިވަނީ އެއީ އޭނާއަށް ކުރެވޭވަރު ކަމެއް ނޫންކަން އެނގިއްޖެ ކަމަށެވެ. އަދި އެއީ ފަސޭހަ ކަމެއްވެސް ނޫން ކަމަށެވެ.  ޝިލްޕާ ބުނެފައިވަނީ އޭނާ އެއްލި ބުޅީގައި ގަނެފައިވަނީ މީހުން ކައި އުޅޭ މަހެއް ނޫން ކަމަށެވެ. އެހެންވެ އެ މަސް ކަނޑަށް ދޫކޮށްލީ ކަމަށެވެ.

އެ ވީޑިއޯ މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވެ އެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ވީޑިއޯއަށް ކޮމެންޓުކޮށްފައިވާއިރު ގިނަ މީހުން ވަނީ ޝިލްޕާއަށް އެއްޗެހި ކިޔާފައި އެވެ. މިހާރު އިންޑިއާގެ ނޫސްތަކުގައިވެސް ހިނގާ ހަބަރަކީ ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ ވާހަކައަށްވުރެ ބޭނި މަހެއްގެ ސަބަބުން އޭނާ ހޫނު ފެނަށް ވެއްޓިފައިވާ ވާހަކަ އެވެ.

https://www.instagram.com/p/BiHt2txhL45/?utm_source=ig_embed

އެ ވީޑިއޯ އާއި ގުޅިގެން  އެއްޗެހިކީ މީހުން ބުނެފައިވަނީ ޝިލްޕާ އަކީ ވެޖިޓޭރިއަން އަކަށް ވާއިރު މަސް ކަނޑަށް ދޫކޮށްލަން މަސް ހިފުމުގެ ބޭނުމެއް ނެތް ކަމަށެވެ. މަހެއް ހިފުމަށް ފަހު ކަނޑަށް ދޫކޮށްލުމުން ކޮމެންޓުކޮށްފައިވާ ޝިލްޕާގެ ގިނަ ސަޕޯޓަރުން އޭނާ ސިފަކޮށްފައިވަނީ ޖަނަވާރު މަރާ މީހެއްގެ ގޮތުގައި އެވެ.

އަދި ބުނެފައިވަނީ ނުކާއިރު މަސް އެހާ ތޫނު ބުޅިއަކުން ހިފުމަށް ފަހު ދިރިހުއްޓަ ދޫކޮށްލީއޭ ބުނި އިރު އެ މަސް ދެން ދުނިޔޭގައި ހުންނާނެ ކަމެއް ޝިލްޕާއަށް ނޭނގޭނެ ކަމަށެވެ.

މި ކޮމެންޓުތަކާއި ގުޅިގެން އެންމެ ފަހުން ޝިލްޕާ ވަނީ  އޭނާ އަކީ ވެޖިޓޭރިއަން އެއް ނޫން ކަމަށާއި މަހުގެ ބާވަތްތައް ކާ މީހެއް ކަމަށް ބުނެފަ އެވެ. އަދި އެ މަސް ކަނޑަށް ދޫކޮށްލީ ދިރި ހުއްޓާ ކަމަށް ޝިލްޕާ ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް