ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
އެގޮތުން ހުށަހަޅާފައިވަނީ 14 މިލިޔަން ރުފިޔާ ހޯދުމަށެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ބައި އިލެކްޝަން ބޭއްވުމުގެ އިދާރީ ތައްޔާރީތައް މިހާރު އެ ކޮމިޝަނުން ފަށާފައިވާކަމަށާއި ފައިސާ ހަމަޖެހުމާއެކު ބައި އިލެކްޝަންސްތައް ކުރިއަށްގެންދާނެ ކަމަށެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް