އަންނަ މަހުގެ 16 ރޯދައަށް ވެއްޖެ ނަމަ 17 ވަނަ ދުވަސް ބަންދު!

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 16 ވާ ބުދަ  ދުވަހަށް ވެއްޖެ ނަމަ 17 ވަނަ ދުވަހަކީ ބަންދު ދުވަހެއް ގެ ގޮތުގައި ހަމަޖައްސައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އ...

29 Apr 2018 | 08:58

މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 16 ވާ ބުދަ  ދުވަހަށް ވެއްޖެ ނަމަ 17 ވަނަ ދުވަހަކީ ބަންދު ދުވަހެއް ގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ހިޖުރީ ކަލަންޑަރުގައި ވާގޮތުން 16 ވާ ބުދަ ދުވަސްރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވެއްޖެ ނަމަ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރޯދަ މަހު ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 މެންދުރު ފަހު 2:00 އަށް ކަމަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު އޮފީސްތައް ހުޅުވިފައި ހުންނާނީވެސް މި ގަޑިތަކުގައި ކަމަށް ވިދާޅުވި އެވެ.

https://twitter.com/SpokespersonMV/status/990502362023247872

https://twitter.com/SpokespersonMV/status/990502964375699457

ކަލަންޑަރު ދައްކާގޮތަށް މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ 16 ވާ ބުދަ ދުވަސް ކަމަށް ވެއްޖެ ނަމަ ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް