ވާދަ ކުރެވޭނެ ކަމުގެ އުންމީދުގައި, ނަޝީދު ކެމްޕެއިން މެނޭޖަރަކު ހަމަޖައްސަވައިފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރާނެ ކަން އިއުލާނު ކުރައްވާ ކުރީގެ ރައިސް މުހައްމަދު ނަޝީދު ކެމްޕެއިން މެނޭޖަރަކު އައްޔަން ކުރައްވައިފި...

29 Apr 2018 | 08:43

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރާނެ ކަން އިއުލާނު ކުރައްވާ ކުރީގެ ރައިސް މުހައްމަދު ނަޝީދު ކެމްޕެއިން މެނޭޖަރަކު އައްޔަން ކުރައްވައިފި އެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ. އަދި ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ކަމަށެވެ.

އިދިކޮޅު އެހެން އިސް ބޭފުޅުންނެކޭ އެއްގޮތަށް މިއަދުވެސް ނަޝީދު ވިދާޅުވީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅުން ވާދަކުރާނީ އެއް ކެންޑިޑޭޓު ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ކަނޑައަޅާ "އެއް ކެންޑިޑޭޓު" ކަނޑައަޅާނީ ވަކި ވަކި ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަށް ފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://twitter.com/MohamedNasheed/status/990449826146828288

ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް، ގުޅިފައިވާ ޕާޓީތަކުން އުފައްދާފައިވާ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީގެ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ރައީސް ނަޝީދު ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާ މެނޭޖަރަކު އައްޔަން ކުރެއްވި އިރު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތެއް އަދި ނެތެވެ.

އެކަމަކު ލަންކާގައި ބޭއްވި ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަހު ވަގުތު އެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެއީ މިދިޔަ ދެ އިންތިހާބުގައިވެސް ކަން ހިނގާފައިވާގޮތް ކަމަށާއި އެމަނިކުފާނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވެން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭކަމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުންވެސް ވަނީ ނިންމާފަ އެވެ. އެކަމަކު ދިވެހި ސަރުކާޜުން ބުނެފައިވަނީ އެފުރުސަތު ރައީސް ނަޝީދަށް ދޭން ގާނޫނު ތަން ނުދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް