މުއްދަތު ހަމަ ނުވަނީސް އެމްޑީޕީން އޮޑިޓް ރިޕޯޓު ހުށަހަޅައިފި

އެމްޑީޕީގެ އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. އެ ޕާޓީގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި މިވަނީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާއިން އެމްޑީޕީގެ ފައިސާ، ދޫނުކުރާނީ...

29 Apr 2018 | 06:17

އެމްޑީޕީގެ އޮޑިޓް ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ ޕާޓީގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި މިވަނީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާއިން އެމްޑީޕީގެ ފައިސާ، ދޫނުކުރާނީ އެމްޑީޕީގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހެޅުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށެވެ. އެ ދެ ރިޕޯޓު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ އޮޑިޓް ރިޕޯޓު ގާނޫނުގައި ވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ. އެ ރިޕޯޓު ހުށަހެޅީ މިދިޔަ ހަފްތާގައި އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނީ ވެރިކަން ކުރާ ޕީޕީއެމް އަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަދި އިދިކޮޅު ޖުމްހޫރީ ޕާޓީ އަށެވެ. އީސީން ބުނީ އެ ޕާޓީތަކުން ވަނީ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަހަޅާފައި ކަމަށެވެ.

އީސީން ބުނީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 24,248,671,00 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ.

އޭގެ ތެރެއިން ޕީޕީއެމްއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 11،538،660.13 ރުފިޔާ އެވެ. އެމްޑީޕީ އަށް 7،486،732.56 ރުފިޔާ ކަނޑައެޅިފައިވެ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބެނީ 2،572،392.58 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2،650،885.58 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް