އާންމުކޮށް ހަށިގަނޑަށް ބަލައިގެން ހިކެން ބޭނުންވާ މީހުން ހެނދުނު ސައިގަ ބޭނުން ކުރަނީ އާޓާ ފުށު ރޮށި ނުވަތަ ބްރައުން ބްރެޑެވެ.
މިހާރު ގިނަ މީހުން އާޓާފުށު ރޮށީގެ ބަދަލު ކަނީ ބްރައުން ބްރެޑެވެ. އެއީ ފަސޭހަކޮށްލުމަށެވެ. އެކަމަކު އޭގެން މާބޮޑު ފައިދާއެއް ހަށިގަނޑަށް ނުކުރާކަން އެނގޭ ހެއްޔެވެ.
ގޭގަ ފިހެލާ އާޓާ ފުށު ރޮށީގެ ފުށް ތައްޔާރުކޮށްފައި ހުންނަނީ ހަށިގަނޑަށް ފައިދާ ހުންނަ އެއްޗެހިންނެވެ. އޭގެ ތެރޭގައި ކާބޯހައިޑްރޭޓްސް އާއި ފައިބާގެ ބާވަތްތައް އެއްކޮށްގެންނެވެ. އާޓާ ފުށް އުފައްދަން ބޭނުންކޮށްފައި ހުންނަ ފައިބާގެ ސަބަބުން ވަރަށް އަވަހަށް ހަށިގަނޑަށް ހަކަތަ ލިއްބައިދީ ލޭ ދައުރުވުން ރަނގަޅުވެ އެވެ.
އަދި ފަސޭހައިން ބަނޑު ފުރޭގޮތްވިޔަސް އާޓާ ފުށު ރޮށި ކެއުމުން ހަޖަމް ވުމަށާއި ބޮޑުކަމުދާ ފަސޭހަ ވާނެ އެވެ.
ބްރައުން ބްރެޑުގައި އެކުލެވޭ ސިއްހަތަށް އެންމެ ފައިދާ ނޫން ބާވަތަކީ އީސްޓެވެ. އީސްޓަކީ ބްރެޑް ފުއްޕުމަށް ބޭނުން ކުރާ ބާވަތެކެވެ. އީސްޓު އެކުލެވޭ ކާއެއއްޗިއްސކަީ އެހާ ހަޖަމް ކުރަން ފަސޭހަ ކާއެއްޗިއްސަކަށް ނުވެ އެވެ.
ބްރައުން ބްރެޑް ތައްޔާރު ކުރަން ބޭނުން ކުރާ ފުށަކީ އާދައިގެ ބްރެޑް ތައްޔާޜު ކުރަން ބޭނުން ކުރާ ފުށާއި މާބޮޑު ތަފާތެއް ހުރި ފުށެއް ނޫނެވެ.
އެހެންވެ ސިއްހީ ތަޖުރިބާކާރުން ގަބޫލުރަނީ ބްރައުން ބްރެޑަށް ވުރެ އަވަހަށް އާޓާ ފުށު ރޮށި ނުބައި ވިޔަސް ސިއްހަތަށް އެންމެ ފައިދާ ހުރީ އާޓާ ފުށު ރޮށި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް