ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ. މިފަހަރު އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ކަނުހުރާ މޯލްޑިވްސްގައި އެވެ. މި ދަތުރުގައި ފިރިމީހާ ރާޖް ކުންދްރާ އާއި ފަސް އަހަރުގެ ...

29 Apr 2018 | 01:32

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މިފަހަރު އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ކަނުހުރާ މޯލްޑިވްސްގައި އެވެ. މި ދަތުރުގައި ފިރިމީހާ ރާޖް ކުންދްރާ އާއި ފަސް އަހަރުގެ ދަރިފުޅު ވިއާން ރާޖް ކުންދްރާ ބައިވެރިވެ އެވެ.

އޭނާ ގެންދަނީ ރާއްޖޭގެ ހިތްގައިމުކަން ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ. އެގޮތުން މަހަށް ގޮސްގެން އުޅޭ ވީޑިއޯއެއްވެސް ސަޕޯޓަރުންނާއި ހިއްސާ ކޮށްފައިވެ އެވެ.

https://www.instagram.com/p/BiHt2txhL45/?taken-by=theshilpashetty

ޝިލްޕާ މީގެ ކުރިންވެސް އެތައް ފަހަރަކު އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރުމަށާޢި ފިރިމީހާގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައިވެ އެވެ. މިފަހަރު ރާއްޖެ އައީ ކޮން ދުވަހަކު ކަމެއް އަދި ފުރަނީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ.

އޭނާ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައި މިވަނީ ސޮނީ ޗެނެލުން ދައްކާ ޑާންސް ރިއަލިޓީ ޝޯ "ސުޕަ ޑާންސް 2" ޝޯ ނިންމާލުމަށްފަހު އެވެ. ޝިލްޕާ މިހާރު ވަނީ އިތުރު ރިއަލިޓި ޝޯއެއް ހުށަހަޅައި ދިނުމަށް ސޮއިކޮށްފައި އެވެ.

ފިލްމު "ބާޒީގަރް" އިން 1993 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޝިލްޕާ ވަނީ ކާމިޔާބު ފިލްމުތަކެއް ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2007 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "އަޕްނޭ" އިންނެވެ.

މިހާރު އޭނާ ބޮޑަށް މަޝްހޫރީ ހިކެން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ކެއުމުގެ ބާވަތްތައް އުފައްދާ ތަނެއް ހިންގާތީ އެވެ. އަދި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޝިލްޕާ އަކީ ހަށިގަނޑު އެންމެ ލޫޅާފަތި އެއް ތަރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް