މުސްލިމް އަަޅާއަށް ވާޖިބުވެގެންވަނީ، އޭނާއާ ރަމަޟާން މަސް ބައްދަލުވުމަށް އެދި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމެވެ. އަދި ﷲ ގެ ޙަޟުރަތުގައި އެ މައްސަރުގައި ރޯދަ ހިފުމާއި އަދި އަޅުކަމުގައި ޤާއިމްވެ ހުރުމަށް އަދި ހެޔޮ ޢަމަލު ކުޅައުމުގައި ވާގިދެއްވުންއެދި ﷲ އަށް ދުޢާ ދެންނެވުމެވެ. ސަބަބަކީ އެއީ މުސްލިމް އަޅާއަށް އޭނާ ޙަޔާތުގައި ލިބިގެންދާނެ ފުރުޞަތެކެވެ. މުސްލިމް އަޅާއަށް އޭނާގެ ޙަޔާތުގައި ލިބޭ ފުރުޞަތެކެވެ. (من صام رمضان إيمانا واحتسابا غُفر له ما تقدم من ذنبه) "ﷲ އީމާންވެ ހުރެ އެކަލާނގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އެދި ރަމަޟާން މަހުގައި ރޯދަ ހިފައިފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް އެކަލާނގެ ފުއްސަވަ އެވެ."
(من قام رمضان إيمانا واحتسابا غُفر له ما تقدم من ذنبه) "ﷲ އީމާންވެ ހުރެ އެކަލާނގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އެދި ރަމަޟާން މަހުގައި އަޅުކަމުގައި ޤާއިމްވެއްޖެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް އެކަލާނގެ ފުއްސަވަ އެވެ."
މިއީ މުސްލިމަކަށް އޭނާގެ ޙަޔާތުގައި ލިބޭނެ ފުރުސަތެކެވެ. މި (ފުރުސަތު) އޭނާއަށް ދެވަނަ ފަހަރަށް އަނބުރާ ނުލިބިދާނެ އެވެ. މުސްލިމް އަޅާ ރަމަޟާން މަސް އަންނާތީވެ އުފާކުރާނެ އެވެ. އަދި އެކަމުގެ އުފާވެރި ޚަބަރު އޭނާ ލިބިގަންނާނެ އެވެ. އޭނާ ރަމަޟާންމަހާއި އިސްތިޤްބާލުކުރާނީ އުފަލާއި ހިނިތުންވުމާ އެކީގަ އެވެ. އެފުރުސަތުގެ ބޭނުން އޭނާ ހިފާނީ ﷲ އަށް ކުއްތަންވެ އަޅުކަންކުރުމުގައި އެވެ. ރަމަޟާން މަހުގެ ރޭގަނޑުގެ ވަޤުތުތައް އަޅުކަމުގައި އަދި ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުތައް ރޯދަ ހިފުމުގައި، ﷲ އަށް ޛިކުރު ކުރުމުގައި އަދި ޤުރުއާން ކިޔެވުމުގައި އެވެ. ރަމަޟާން މަހަކީ މުސްލިމް އަޅާއަށް ލިބޭ ޣަނީމާ އެކެވެ.
އެހެނަސް އެބަޔަކު ރަމަޟާން މަސް އިސްތިޤްބާލު ކުރުމާ އެކު، ފާސިދުވެގެންވާ، މުނިފޫހި ފިލުވުމަށްޓަކައި ޕްރޮޤްރާމްތައް ކުރިއަށް ގެންގޮސް، އެކިއެކި ސިލްސިލާތަކުގައިވެ، ބޭކާރު ބާޠިލް ކަންތައްތަކުގައި ޤާއިމްވެ ދެމިތިބުމާއި، މުސްލިމުން އެކަންތައްތަކުގައި މަޝްޣޫލު ކުރުމަށްޓަކައި އެކިއެކި މުބާރާތްތައް ބޭއްވުމުގައިވާ މި އެންމެހައި އަހުލުވެރިންނަކީ ޝައިޠާނާގެ ލަޝްކަރުގެ މީހުންނެވެ. ޝައިޠާނާވަނީ މި މީސްތަކުން އޭނާގެ ލަޝްކަރުގެ އަހުލުވެރިންގެ ގޮތުގައި ތައްޔާރުކޮށްފަ އެވެ.
ފަހެ، މުސްލިމުންނަށް އޮތީ މި މީސްތަކުންގެ ފަރާތުން އިންޒާރުލިބިގަނެ ރައްކާތެރިވުމެވެ. އަދި މި މީސްތަކުންގެ މައްޗަށް އެހެނިހެން މީސްތަކުންނަށް އިންޒާރު ދިނުމެވެ.
މިއީ މަކްތަބާ ސަލަފިއްޔާގެ ވެބްސައިޓުގައި ޝައިޚް މުޙައްމަދު ޙަސަން ލިޔުއްވާފައިވާ ލިޔުމެއްގެ އަސްލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް