އިރާގުގެ މަޖިލީހަށް ކުރިމަތިލި ކެނޑިޑޭޓަކު ރަސޫލެއް ކަމަށް ދައުވާ ކޮށްފި

އިރާގުގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ ދި ޤާރު ޕްރޮވިންސުން ކުރިމަތިލި ކެނޑިޑޭޓަކު އޭނާއަކީ ރަސޫލުބޭކަލެއް ކަމުގައި ދައުވާ ކޮށްފި އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވޯޓު ހޯދުމުގެ ނިޔަތުގައި ރަސ...

28 Apr 2018 | 22:27

އިރާގުގެ ގާނޫނު ހަދާ މަޖިލީހަށް އެ ގައުމުގެ ދި ޤާރު ޕްރޮވިންސުން ކުރިމަތިލި ކެނޑިޑޭޓަކު އޭނާއަކީ ރަސޫލުބޭކަލެއް ކަމުގައި ދައުވާ ކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވޯޓު ހޯދުމުގެ ނިޔަތުގައި ރަސޫލުބޭކަލެއް ކަމުގައި ދައުވާ ކޮށްފައިވަނީ ޔާސިރު ނާސިރު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ރަސޫލު ބޭކަލެއް ކަމަށް ދައުވާކޮށް އޭނާ އަކީ ލީޑަރެއް ކަމުގައި ބަޔާންކޮށް ބެނާތައް ހަރުކޮށްފަ އެވެ.

އެ މައްސަލައިގާ އޭނާ މިހާރު ހައްޔަރު ކޮށްފައިވާއިރު ތަހުގީގަށް އެއްބާރުލުން ނުދޭން ނިންމާފައިވާކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އޭނާ ހައްޔަރު ކޮށްފައިވާއިރު އިރާގުގެ އިލެކްޓޯރަލް އޮފީހުން ބުނެފައިވަނީ ކެނޑިޑޭޓަކު ހައްޔަރު ކުރި ކަމުގެ މައުލޫމާތު ފުލުހުން އެ އޮފީހަށް އަންގާފައި ނުވާކަމަށާއި އަދި ރަސޫލުބޭކަލަކު ކަމުގައި ދައުވާކޮށް ބެނާތައް ހަރުކުރި މައްސަލަވެސް އެ އޮފީހަށް ހުށަހަޅާފައި ނުވާކަމަށެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު އޮތީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި އެވެ. މި އިންތިހާބުގައި ހަ ހާހަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް