ސައުދީ ކަނބަލުން މިހާރު މަގުތަކަށް ފައްކާ ވެއްޖެ

ސައުދީއަރަބިއްޔާގައި އަންހެން ކަނބަލުން ވެހިކަލް ދުއްވުމުގެ ހުއްދަ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކަނބަލުން މިހާރު މަގުތަކަށް ފަރިތަވެފައިވާކަމުގައި ސައުދީގެ ނެޝަނަލް ކޮމިޓީ ފޯރ ޑްރައިވިން އިނ...

28 Apr 2018 | 22:12

ސައުދީއަރަބިއްޔާގައި އަންހެން ކަނބަލުން ވެހިކަލް ދުއްވުމުގެ ހުއްދަ ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ކަނބަލުން މިހާރު މަގުތަކަށް ފަރިތަވެފައިވާކަމުގައި ސައުދީގެ ނެޝަނަލް ކޮމިޓީ ފޯރ ޑްރައިވިން އިން ހާމަކޮށްފި އެވެ.

މި ކޮމިޓީއަކީ ކަނބަލުންނަށް ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމާއި އެކު އެކަންކަން މޮނީޓަރ ކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.

އެ ކޮމިޓީގެ ލީޑަރު ޑރ. މަހްފޫރު އަލް ބުޝްރް ހާމަކޮށްފައިވާގޮތުގައި ސައުދީ ކަނބަލުން ވެހިކަލް ދުއްވުމަށް ފައްކާވެފައިވާކަން ޓްރެފިކް އޮތޯރިޓީގެ ފާއިތުވި ދެ މަސް ދުވަހުގެ ތަފާސް ހިސާބުން ކަށަވަރު ކުރެވޭ ކަމަށެވެ. އަންހެނުން ވެހިކަލް ދުއްވައިގެން ކުރިމަތިވާ އެކްސިޑެންޓްތައް މިހާރު ވަރަށް މަދު ކަމުގައި އޭނާ ބުނެފައި ވެ އެވެ.

ދުއްވުމުގެ ހުއްދަ ލިބުނު ނަމަވެސް ސައުދީ ކަނބަލުން އަންނަނީ ޝަކުވާއެއް ކުރަމުންނެވެ. އެއީ ކަނބަލުންނަށް ދުއްވަން ދަސްކޮށްދޭ ޑްރައިވިން ސްކޫލުތަކުން ބޮޑު ފީއެއް ނަގަމުންއަންނަ މައްސަލަ އެވެ. ފިރިހެނުންނަށް ދަސްކޮށްދޭ އަގަށްވުރެ ފަސްގުނަ ބޮޑު އަގެއް ކަނބަލުންނަށް ދަސްކޮށްދިނުމަށް ޑްރައިވިން ސްކޫލުތަކުން އަންނަނީ ނަގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް