ގިނަ ގައުމުތަކެއް ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސައުދީ އަސްކަރިއްޔާގެ ފައުޖެއް ތުރުކީ އަށް ގޮސްފި އެވެ.
އީއެފްއީއެސް 2018 މި ނަމުގައި ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ޖަރުމަނު ވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަޒަރުބައިޖާން، ޕާކިސްތާން އަދި ސައުދީ އަރަބިއްޔާގެ އިތުރުން ބައެއް ގައުމުތައް ހިމެނެ އެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ތުރުކީން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް މެދުވެރިކޮށް އެއް ގައުމު އަނެއް ގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާ ހިއްސާ ކުރުމާއި ގުޅިގެން ތަފާތު އޮޕަރޭޝަންތައް ހިންގުމާއި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުން ހިމެނޭ ކަމުގައި ތުރުކީން ހާމަކުރެ އެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ދުނިޔޭގައި މިގޮތަށް ކުރިއަށް ގެންދެވޭ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ތަމްރީނު ޕްރޮގްރާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް