ދިރާގު ޓީވީގެ ހިދުމަތް މާދަމައިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ: ދިރާގު

ދިރާގުން މި މަހުގެ 25 ވަނަ ދުވަހު ތައާރަފް ކުރި އައިޕީ ޓީވީގެ ހިދުމަތް މާދަމައިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެކަމަށް ދިރާގުން މިއަދު ބުނެފި އެވެ. ދިރާގުން މި ހިދުމަތް ތައާރަފް ކޮށްފައިވަނީ...

29 Apr 2017 | 17:49

ދިރާގުން މި މަހުގެ 25 ވަނަ ދުވަހު ތައާރަފް ކުރި އައިޕީ ޓީވީގެ ހިދުމަތް މާދަމައިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެކަމަށް ދިރާގުން މިއަދު ބުނެފި އެވެ.

ދިރާގުން މި ހިދުމަތް ތައާރަފް ކޮށްފައިވަނީ ބައިނަލް އަގުވާމީ ޗެނަލްތައް ހިމެނޭ ގޮތަށް 60 އާ ގާތްކުރާ އަދަދަކަށް ޗެނަލް އާއެކު ގަ އެވެ.

ދިރާގުން ހާމަކުރާގޮތުގައި މި ހިދުމަތް އަލަށް ފެށުމާއި ގުޅިގެން ދރާގުން ވަނީ މި ހިދުމަތަށް އެނެމް ފުރަތަމަ ސަބްސްކްރައިބް ކުރާ 1500 ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖްތަކެއް ހުށަހަޅާފަ އެވެ. މިފަރާތްތަކަށް މިމަހުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމައަށް މަހު ފީއެއްގެ ގޮތުގައި ހަމަ އެންމެ 300 ރުފިޔާ ނަގާގޮތަށާއި އެއް މަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބުމުގެ އިތުރުން ޖޯއީބޮކްސް އާއި ކަނެކްޝަން ހިލޭ ގުޅައިދޭ ގޮތަށް ހަމަ ޖެހިފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މި ހިދުމަތަށް އެންމެ ފުރަތަމަ ރަޖިސްޓްރީވި 100 ފަރާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މި ހިދުމަތް ހިލޭ ދިނުމަށް ދިރާގުން ވަނީ ހަމަޖައްސާފަ އެވެ.

ދިރާގުން އިތުރަށް ބުނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއެކު ކަސްޓަމަރުންނަށް ވީހާ ވެސް ލުއި އަގުތަކެއްގައި ގިނަ ޗެނަލްތަކެއް ބަލާލެވޭނެ ބޭސިކް ޕެކޭޖެއް ފާސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި ކަސްޓަމަރުން ޝައުގުވެރިވާނެ ގިނަ ޗެނަލް ތަކެއް ހެޔޮ އަގުތަކެއްގައި ގެނެސްދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް