މިސްރުގައި މީހަކު އޭނާގެ އަނބިކަނބުލޭގެ އުފާ ކޮށްދިނުމަށްޓަކައި އުމުރުން 80 އަހަރުގެ މަންމަ މަގުމަތި ކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އަންހެންމީހާ މަގުމަތީގައި އުޅެނިކޮށް އެކަން ކަމާބެހޭ އިދާރާތަކަށް މީހަކު ރިޕޯޓް ކުރި އެވެ. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު އެ އަންހެންމީހާ ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ގެންގޮސްފަ އެވެ.
މިސްރުގެ ސޯޝަލް ސޮލިޑާރިޓީ މިނިސްޓަރު ގަޑާ ވާލީ ބުނެފައިވަނީ އެ ރިޕޯޓް ލިބުމާއެކު ވަގުތުން ފިޔަވަޅު އަޅާފައިވާކަމަށާއި އެ އަންހެންމީހާއަށް ބޯހިޔާވަހިކަން ހޯދައިދީފައިވާނެ ކަމަށެވެ. އެ އަންހެން މީހާގެ ނަމަކީ ޒައިނަބް ސައީދު ގޮނީމް ކަމުގައި އެ މިނިސްޓްރީން ބުނެފައި ވެ އެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވާގޮތުގައި އެ އަންހެންމީހާ ބެލުމަށް އޭނާގެ ފިރިހެން ދަރި އިންކާރު ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް