އައިފޯން ވަަޔަލެސްކޮށް ޗާޖް ކުރެވޭ ގޮތް ހަދަނީ

މި އަހަރަކީ އެޕަލް އަށް 10 އަހަރު ފުރޭ އަހަރެވެ. އެހެން ކަމުން މި އަހަރު އެޕަލް އިން ނެރެން ހަމަޖެހިފައިވާ އައިފޯން 8 އެކި ގޮތް ގޮތުން ޚާއްސަ ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެޕަލްގެ އުފެއްދުނ...

29 Apr 2017 | 09:37

މި އަހަރަކީ އެޕަލް އަށް 10 އަހަރު ފުރޭ އަހަރެވެ. އެހެން ކަމުން މި އަހަރު އެޕަލް އިން ނެރެން ހަމަޖެހިފައިވާ އައިފޯން 8 އެކި ގޮތް ގޮތުން ޚާއްސަ ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އެޕަލްގެ އުފެއްދުންތައް ބޭނުން ކުރާ މީހުންަނަށް  މި އަހަރު ވެގެން ދާނީ ބޮޑު އަހަރެކަށެވެ. އައިފޯންއާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް މީހުން ދައްކަމުން ދާއިރު، މީޑިއާ ރިޕޯޓުތަކުން ހާމަވާ ގޮތުގައި މިފަހަރު ނެރެން ހަމަ ޖެހިފައިވާ އައިޕޯނު ޗާޖު ކުރުމަށް ކޭބަލް އެއް ބޭނުމެއް ނުވާނެވެ. ސަބަބަކީ މިއަހަރު ނެރޭ އައިފޯން ވަޔަލެސްކޮށް ޗާޖް ކުރެވޭނެތީއެވެ.

ވަޔަލެސްކޮށް އައިފޯން ޗާޖް ކުރެވޭނެ ދެތިން ގޮތެއް އެޕަލް އިން ތަޢާރަފް ކުރުން އެކަށީގެންވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެގޮތުން ރައުޓަރެއް މެދުވެރިކޮށް ފޯން ޗާޖް ކުރެވޭގޮތް ހަދާނަމަ އެރައުޓަރު ނިދާ ކޯޓަރީގައި ނުވަތަ ގޭގެ ކޮންމެވެސް ތަނެއްގައި އިންނައިރު ފޯނު މާބޮޑަށް ކައިރި ނުކުރި ނަމަވެސް ޗާޖް ކޮށްލެވޭނެއެވެ. އަދި ވާގަނޑެއް ގުޅަން ނުޖެހޭ ޕްލެޓްފޯމެއްގެ މަތީގައި ބާއްވައިގެން ފޯނު ޗާޖް ކުރެވޭ ގޮތް ހެދުންވެސް އެކަށީގެން ވެއެވެ.

ވަޔަލެސްކޮށް ޗާޖް ކުރެވޭ ގޮތް މިހާރުވެސް ވަނީ ފޯނު އުފައްދާ ގިނަ ކުންފުނިތަކުން ހަދާފައެވެ. އެހެންކަމުން މިފަހަރު އެޕަލް އިން ނެރޭ ފޯނުގައި ވަޔަލެސް ޗާޖިން ހިމެނުން ވަރަށް ގާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް