ވެރިިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ހީކުރި ނަމަވެސް މިއީ ވަރަށް އުނދަގޫ ކަަމެއް ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވިތާ 100 ދުުވަަސް ފުރުމާ ގުޅިގެން ރޮއިޓާސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ކުރީގެ ދިރުއުޅުމަށް ވަރަށް ލޯބި ކުރައްވާ ކަމަށެވެ. އަދި ވެރިކަން ކުރުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ހީކުރި ނަމަވެސް މިއީ ކުރީގެ ދިރިއުޅުމަށްވުރެ އުނދަގޫ ދދިރިއުޅުމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވެރިކަމާ ހަވާލުވުމުގެ ކުރިން ޓްރަމްޕް ވަނީ ރިއަލިޓީ ޝޯވ އެއް ކަމަށްވާ އެޕްރެންޓިސް ހޯސްޓު ކުރައްވާފައެވެ. އަދ ވެރިކަމާ ހަވާލުވިފަހުން "ޕްރައިވެސީ" ގެއްލިފައިވާކަމަށާއި 24 ގަޑިއިރު ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވުމަށް އަދިވެސް ނުހޭނޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ވެރިކަން ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ބުނެ ޓްރަމްޕް ވާހަކަދެއްކުމުން ބައެއް ފަރާތްތަކުން ވަނީ ރައީސްގެ ތެދުވެރިކަމަށް ތައުރީފް ކޮށްފައެވެ. ނަަމަަވެސް އެހެން ބައެއް ފަރާތްތަކުން ވަނީ އެމެރިކާ ފަދަ ގައުމެއްގެ ވެރިކަން ކުރުމަކީ ކުންފުންޏެއް ހިންގުމަށް ވުރެ އުނދަގޫ ކަމަކަށް ވާނެ ކަމަށް ޓްރަމްޕަށް އެނގިވަޑައިނުގަތުމުން އެކަމަށް ފާޑުކިޔާފައެވެ.
މީގެ ކުރިން ސިޔާސީ އެއްވެސް މަގާމެއް ޓްރަމްޕް ފުރުއްވާފައި ނުވި ނަމަވެސް އޭނާ އަކީ މުއްސަނދި ވިޔަފާރިވެރިއެކެވެ. ޓްރަމްޕް އަށް އެމެރިކާގެ ރައީސްކަން ލިބުނީ އެގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން އާ ވާދަކޮށް ކުރި ހޯދައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް