ބިއުޓީ އެންޑް ބީސްޓްގެ ދެވަނަ ބައެއް ކުޅެންވެސް އެމާ ހުރީ ތައްޔާރަށް

ވޯލްޓް ޑިޒްނީ އިން މި އަހަރު ނެރުނު ކާމިޔާބު ފިލްމު "ބިއުޓި އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ނެރެން ބޭނުން ކަމުގައި ވާނަމަ އެމާ ވަޓްސަން ހުރީ ތައްޔާރަށް ކަމަށް އެމާ ބުނެފި އެވެ. ޑިޒްނީގެ މަޝްހޫރު ކާ...

29 Apr 2017 | 09:03

ވޯލްޓް ޑިޒްނީ އިން މި އަހަރު ނެރުނު ކާމިޔާބު ފިލްމު "ބިއުޓި އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ނެރެން ބޭނުން ކަމުގައި ވާނަމަ އެމާ ވަޓްސަން ހުރީ ތައްޔާރަށް ކަމަށް އެމާ ބުނެފި އެވެ.

ޑިޒްނީގެ މަޝްހޫރު ކާޓޫން ފިލްމަކަށް ހަދާފައި ވާއިރު އެމާ ފެނިގެންދަނީ ފިލްމުގެ ލީޑު "ބެލް" ގެ ރޯލުންނެވެ.

އެމާ އޭނާގެ ފަހުގެ ފިލްމު "ދަ ސަރކަލް" ގެ ޕްރިމިއާގައި އެކްސެސް ހޮލީވުޑަށް ދިން އިންޓަރވިއުއެއްގައި ވަނީ އޭނާ ދެކޭ ގޮތުގައި "ބިއުޓީ އެންޑް ދަ ބީސްޓް"ގެ ދެވަނަ ބައިގައި އޭނާއަށް ހީވާ ގޮތުގައި ބެލް ޓީޗަރަކަށްވެ ލައިބްރަރީ އެއް ހުޅުވައި އެ އަވަށުގެ މީހުނަށް ކިޔަވައިދޭނީ ކަމަށް ބުނެފަ އެވެ.

ވޯލްޓް ޑިޒްނީ އިން މި އަހަރު ނެރުނު މި ފިލްމު ވަނީ 1.1 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފަ އެވެ.

މި ފިލްމުން އެމާގެ އިތުރުން ޑޭން ސްޓީވެންސް،ލޫކް އީވެންސް، ކެވިން ކްލައިން، ޖޯޝް ގާޑް ފަދަ މަޝްހޫރު ތަރިން ތަކެއް ފެނިގެން ދިޔަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް