ސައުވީސް ލައްކަ އިންޑިއަން ރުޕީޒް އާއި ހަވާލުވުމަށް ފަހު އެ ފައިސާ ހަވާލުނުކުރާ ކަމަށް ބުނެ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާ ރާޖް ކުންދުރާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ތާނޭ ޕޮލިސް ސްޓޭޝަން އިން ބުނެފައިވަނީ ޓެކްސްޓައިލް ފާމެއްގެ ވެރިމީހާ އެ ފެމަރިންނާ ދެކޮޅަށް ހުށަހަޅާފައިވަނީ ފައިސާއަށް މަކަރު ހަދައި ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެކެވެ.
މައްސަލަައިގެ ތަފްސީލުގައި ބުނެފައިވަނީ ޓެކްސްޓައިލް ކުންފުނީގެ ވެރިމީހާގެ ނަމުގައި ޝިލްޕާ އާއި ރާޖް 24 ލައްކަ ރުޕީޒް އާއި ހަވާލުވެފައިވާ ކަމަށާއި އެ ފައިސާ އެމީހާއަށް ހަވާލުކޮށްފައި ނުވާ ކަމަށެވެ.
އެ ދެމަފިރިންނަށް ސޯޝަލް މީޑިިއާގައި ތަފާތު ފާޑުކިޔުންތައް އަމާޒުވަމުންދާ ނަމަވެސް މި މައްސަލައާއި ގުޅިގެން ޝިލްޕާ އަދި ރާޖް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް