އުތުރު ކޮރެއާގެ ގޮތްނޭނގޭ ކަންތައްތަކުގެ ތެރެއަށް ކަމެއް އިތުރުވެއްޖެ: މިފަހަރު އެއާލައިން ބާގާއެއް

އުތުރު ކޮރެއާގެ ޕަބްލިކް އެއާލައިން، ކޮރިޔޯ އެއާލައިނުގެ ފުލައިޓަތަކުން ދަތުރުކުރާ ދަތުރުވެރިންގެ ކާއެއްޗެހީގެ މެނޫގައި އިންނަނީ އެންމެ ކާއެއްޗެކެވެ. އެއީ ގޮތް ނޭނގޭ މަސްގަނޑަކާއި، ޗީޒް ސްލައިސްއަކާއި...

29 Apr 2017 | 08:42

އުތުރު ކޮރެއާގެ ޕަބްލިކް އެއާލައިން، ކޮރިޔޯ އެއާލައިނުގެ ފުލައިޓަތަކުން ދަތުރުކުރާ ދަތުރުވެރިންގެ ކާއެއްޗެހީގެ މެނޫގައި އިންނަނީ އެންމެ ކާއެއްޗެކެވެ.

އެއީ ގޮތް ނޭނގޭ މަސްގަނޑަކާއި، ޗީޒް ސްލައިސްއަކާއި، އަދި ލެޓިއުސް އެއް ފަތާއެކު އިންނަ ކޮރިޔޯ ބާގާއެއް އެކަންޏެވެ. އަދި މި ބާގާ ސާރވްވެސް ކުރަނީ ޕޭޕާރ ޑޮއިލީއެއްގައި ފިނިކޮށްފައެވެ.

https://twitter.com/STRATTON_REAL/status/617222813808766976

ކޮރިޔޯ އެއާލައިންގެ ޙިދުމަތުގެ ސަކަރާތްކަމުގެ ވާހަކައަށްވުރެ އެ ބާގާގެ ވާހަކަ މިހާރު މާ ގަދަޔަށް އަންނަނީ ދެކެވެމުންނެވެ. ޝޯޝަލް މިޑިއާގެ އެކި ޕުލެޓްފޯރމްތަކުގައި މީހުން އެ ބާގާގެ ވާހަކަތައް ދަނީ ޙިއްޞާކުރަމުންނެވެ.

https://twitter.com/rivlinm/status/852777560530272256

އެންމެ ގަދަޔަށް ދެކެވެނީ ބާގާގައި އިންނަ ގޮތްނޭ މަސްގަނޑާއި އެ މަސްގަނޑަށް ފިތާލުމުން ނިކުންނަ މަޑު ރަތްކުލައިގެ ސޯސްގަނޑުގެ ވާހަކައެވެ.

އެ އާރލައިނުން ވެޖިޓޭރިއަންނެއް ދަތުރުކުރާނަމަ އެ މީހަކަށް އޮތް ގޮތާކީ ބާގާ ނުކެއުންކަމަށް އެކި މީހުން ޙިއްޞާކޮށްފައިވާ ވާހަކަތަކުން އެނގެއެވެ.

https://www.instagram.com/p/m42V2dMDgL/

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް