ބްރެޒިލްގައި މުޒާހަރާއެއް ހޫނުވެ ބޮޑެތި ހަމަނުޖެހުން ތަކަކަށް

ސުލްޙަވެރިމާއެކު ބުރެޒިލްގެ ރިއޯ ޑި ޖެނޭރިއޯ ސިޓީގައި ކުރިއަށްދިޔަ މުޒާހަރާއެއް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ. އެ ޤައުމުގެ ޕެންޝަންގެ ޤަވާއިދަށް ގެންނަ ބަދަލަކާއިމެދު އާންމުން ހިތްހަމ...

29 Apr 2017 | 06:54

ސުލްޙަވެރިމާއެކު ބުރެޒިލްގެ ރިއޯ ޑި ޖެނޭރިއޯ ސިޓީގައި ކުރިއަށްދިޔަ މުޒާހަރާއެއް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

އެ ޤައުމުގެ ޕެންޝަންގެ ޤަވާއިދަށް ގެންނަ ބަދަލަކާއިމެދު އާންމުން ހިތްހަމަނުޖެހިގެން ކުރަމުންދާ އެ މުޒާހަރާގެ ތެރޭގައި މަގުތަކުގައި ހުރި ބަހާއި، ކާރުފަދަ ތަކެތީގައިވަނީ ހުޅުޖަހާފައެވެ. އަދި ފިހާރަތަކާއި އާންމުންގެ މުދަލަށް ގެއްލުންތައް އަންނަނީ ދެމުންނެވެ.

ބްރެޒިލްގެ ރާއީސް މިޝޭލް ޓީމަރ ވިދާޅުވީ ރިއޯގައި ކުރަމުންދާ މުޒާހަރާގައި ހިނގިމުންދާ ހާދިސާ ތަކާއިމެދު ކަންބޮޑުވާކަމަށާއި ނަމަވެސް ޕެންޝަންގެ ޤަވާއިދަށް ގެންނަ ބަދަލު ހުއްޓާނުލާނެކަމަށެވެ. އަދި ޤައުމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށްވެސް ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ޕެންޝަންގެ ޤަވާއިދަށް ގެންނަ މި ބަދަލާއެކު އެންމެ ދަތި އުނދަގޫތަކާއި ކުރިމަތިލާންޖެހޭނީ އެ ޤައުމުގެ ފަގީރު ރައްޔިތުންނަށް ކަމަށެވެ. ޕެންޝަންގެ ޤަވާއިދަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ރިޓަޔަރ ކުރާ އުމުރު މަތިކުރުމާއި، އިތުރު އިނާޔަތްތައް މަދުކުރުން ހިމެނެއެވެ.

އެ ޤައުމުގެ ސަރުކާރުން ބުނީ މި ބަދަލު ގެންނަޖެހެނީ މުސްތަގުބަލުގައި މި ބަދަލު ނުގެނެސްފިނަމަ އެ ޤައުމުގެ ޕެންޝަން ސިސްޓަމަށް ދިމާވެދާނެ ދަތިތަކަށްޓަކައެވެ.

(ބީބީސީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް