އުތުރު ކޮރެއާއިން ބެލެސްޓިކް މިސައިލެއް ޓެސްޓުކޮށްފިކަމަށް ދެކުނު ކޮރެއާ އަދި އެމެރިކާގެ އޮފިޝަލުން ބުނެފިއެވެ.
އުތުރު ކޮރެއާގެ ނިއުސް އެޖެންސީ ކަމަށްވާ ޔޯނާޕް އިން ބުނީ އެ މިސައިލު އުދުއްސާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ގޮވާފައިވާ ކަމަށެވެ. އެމެރިކާގެ ދިފާޢީ ބާރުން ބުނީ އެ މިސައިލު އުތުރު ކޮރެއާގެ ޓެރިޓޯރީން ބޭރުނުވާކަމަށެވެ.
ޓެސްޓުކުރި އެ މިސައިލާ ބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ވިދާޅުވީ އުތުރު ކޮރެއާއިން ޗައިނާގެ އެދުމާއި ދެކޮޅުހަދާ، އެ މިސައިލު އުދުއްސާލުމަކީ އެ ޤައުމުގެ ރައީސްއަށް ބޭއިޙްތިރާމް ކުރުންކަމަށާއި، އަދި އެ މިސައިލު ފެއިލްވުމަކީ ވަރަށް ބޮޑު ނާކާމިޔާބީ އެއްކަމަށެވެ.
އެ މިސައިލާއި ބެހޭގޮތުން އުތުރު ކޮރެއާއިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
އުތުރު ކޮރެއާ އަދި ދެކުނު ކޮރެއާގެ ދިފާޢީ ބާރުތަކުން މިހާރު ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި މިހާރުވަނީ ވަރަށް ބޮޑެތި ކަނބޮޑުވުންތަކެއް އުފެދިފައެވެ. އަދި އުތުރު ކޮރެއާއިން ދަނީ އެމެރިކާއަށް ޙަމަލާދިނުމަށް މިސައިލުތަކާއި އެފަދަ އެކިކަހަލަ އެއްޗެހި ޓެސްޓުކުރަމުންނެވެ.
(ބީބީސީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް