މެސެޑޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަކު ހޮވަނިކޮށް އާންމުން ވަދެ ހަމަނުޖެހުން ހިންގައިފި

މިދިޔަ ބުރާސްފަތި ދުވަހުގައި އޮތް މެސެޑީނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހޮވުމަށް ބޭއްވި ވޯޓުގައި ހިނގި ހަމަނުޖެހުމުގައި 100 މީހުނަށް އަނިޔާ ވެއްޖެ އެވެ. މި ވޯޓުލުން ކުރިޔަށް ދަނިކޮށް އެ ޤައުމުގެ އާ...

29 Apr 2017 | 06:23

މިދިޔަ ބުރާސްފަތި ދުވަހުގައި އޮތް މެސެޑީނާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހޮވުމަށް ބޭއްވި ވޯޓުގައި ހިނގި ހަމަނުޖެހުމުގައި 100 މީހުނަށް އަނިޔާ ވެއްޖެ އެވެ.

މި ވޯޓުލުން ކުރިޔަށް ދަނިކޮށް އެ ޤައުމުގެ އާންމުން މަޖިލިސް ތެރެއަށްވަދެ ހަމަނުޖެހުން ހިންގީ ކަމަށާއި އެ މީހުންގެ ތެރޭގައި މާސްކު އަޅައިގެން ތިބި ބައެއްވެސް ތިބި ކަމަށް އެ ޤައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ބެރިކޭޓުތައް ހަލާކުކޮށްލުމަށްފަހު އެމީހުން މަޖިލީހުގެ އެތެރެއަށް ވަދެފައި ވަނީ އެ ޤައުމުގެ ދިދަ ހިފައިގެން ޤައުމީ ލަވަ ކިޔަމުން ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ..

މަޖިލީހުގެ ސީސީޓީވީ ފުޓޭޖުން ދައްކާގޮތުގައި އާންމުން އެތެރެއަށްވަދެ މަޖިލީހުގައި ހުރި ގޮނޑިތައް އުކާލާ ތަނާއި އިދިކޮޅު ޕާޓީގެ އަންހެން އަދި ފިރިހެން ދެ މެމްބަރުންގެ ބޮލުން ލޭ ފައިބާ ތަން ފެނެ އެވެ.

އެ ޤައުމުގެ އިންޓީރިއަރ މިނިސްޓާރ ހާމަ ކުރިގޮތުގައި އެ ޤައުމުގެ ސިޓީ ހޮސްޕިޓަލުން 102 މީހުންނަށް ފަރުވާ ދީފައި ވެއެވެ. މީގެ ތެރޭގައި މަޖިލީހުގެ މެމްބަރުންނާއި ، ފުލުހުންގެ ބަޔަކާއި، ނޫސްވެރިންތަކެއް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް