އަޔަން މޭން އަސްލަކަށް ބަލައިގެން އިންސާނުންނަށް އުދެހެވޭ ސޫޓެއް ހަދައިފި

"އަޔަން މޭން" ގެ ސޫޓު ގޮތަށް ތައްޔާރުކޮށްފައި އިން އުދުހެވޭ ސޫޓެއް އިނގިރޭސިވިލާތުގެ ރައްޔިތަކު އީޖާދުކޮށްފި އެވެ. ރިޗާޑް ބްރައުނިންގްސް އަކީ އާ އީޖާދުތައް ތަޢާރަފު ކުރުމަށް ބޭނުންވާ މީހެކެވެ. އޭނާ "އ...

29 Apr 2017 | 06:02

"އަޔަން މޭން" ގެ ސޫޓު ގޮތަށް ތައްޔާރުކޮށްފައި އިން އުދުހެވޭ ސޫޓެއް އިނގިރޭސިވިލާތުގެ ރައްޔިތަކު އީޖާދުކޮށްފި އެވެ.

ރިޗާޑް ބްރައުނިންގްސް އަކީ އާ އީޖާދުތައް ތަޢާރަފު ކުރުމަށް ބޭނުންވާ މީހެކެވެ. އޭނާ "އަޔަން މޭން" ސޫޓް ދައްކާލައިފައި ވަނީ ވެންކޫވާ ގައި ބޭއްވި "ޓެޑް" (ޓެކްނޮލޮޖީ އެންޓަޓެއިންމެންޓް އެންޑް ޑިޒައިން) ގެ ބައްދަލުވުމެއްގަ އެވެ.

ވެންކޫވާގެ ކޮންވެންޝަން ސެންޓަރުގެ ބޭރުގައި އެތައް ބައެއްގެ ކުރިމަތީގައި މި ސޫޓު ލައިގެން އުދުހުމުގެ ހުނަރު ދެއްކި ރިޗާޑް ބުނެފައި ވަނީ މި ސޫޓަކީ ދަތުރުފަތުރަށްވުރެ މަޖާކުރުމަށް އިސްކަންދީފައި ހަދާފައިވާ ސޫޓެއް ކަމަށެވެ.

މި އީޖާދަކީ އޭނާގެ ބައްޕަގެ ސަބަބުން އޭނާ ކުރާ ހިތްވިކަމެއްކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާގެ ބައްޕަ އަކީ އެރޮނޯޓިކަލް އިންޖިނިއަރެކެވެ. "ޑައެޑެލަސް" ނަމުން ނަން ދީފައިވާ މި ސޫޓަކީ އޭގެ ބާރު މިނާއި މިސްރާބު އަތުގެ ބޭނުންކޮށްގެން ކޮންޓްރޯލް ކުރެވޭ ސޫޓެކެވެ.

އިންސާނުންގެ އުދުހުމުގެ ހުވަފެން ތެދު ކޮށްލަދޭނެ މި ސޫޓަކީ ގަޑިއެއްގައި 200 މީޓަރުގެ ބާރުމިނުގައި އުދުހެވޭ ސޫޓެކެވެ. އަދި މިސޫޓަކީ ސައިކަލަށް ވުރެ ރައްކާތެރި އެއްޗެއްކަމަށް ރިޗާޑް ބުނެ އެވެ.

ރިޗާޑް ދަނީ އިތުރު އިޖާދެއް އިންސާނުނާއި ހިސާބަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ ދެކޭގޮތުގައި އޭނާ މިހާރު ކުރާ މަސައްކަތް ނިމުމުން މި ސޫޓު އެއީ ކުޑަކުދިން ކުޅޭ އެއްޗަކަށް ވެގެން ދާނެ އެއްޗެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް