އަޝްރަފް އަަދުނާން އަކީ ނ.ސޮނޭވާ ޖާނީގައި ވަޒީފާ އަދާކުރަަމުން އަންނަ ޓްރޭނިންގ މެނޭޖަރެކެވެ. އޭނާ އަކީ ރާއްޖޭގައި ހުރި އެންމެ ޒުވާން ދިވެހި ޓްރޭނިންގ މެނޭޖަރ ކަންވެސް ފާހަގަކޮށްލެވެއެވެ.
ކ.ގުރައިދޫއަށް އުފަން އުމުރުން 27 އަހަރުގެ އަޝްރަފް ޓޫރިޒަމް ދާއިރާއަށް ވަނީ އުމުރުން 19 އަހަރުގައެވެ. އަޝްރަފް އަށް ޓްރޭނިންގ މެނޭޖަރެއްގެ މަގާމަށް އާދެވުނީ ކިހާ ދަތި އުނދަގޫތަައް ކަޑައްތުކޮށްގެންތޯ؟ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. މި ހިމަނާލަނީ އަޝްރަފްގެ ކުޑަ އިންޓަވިއުއެކެވެ. ސުވާލުތަކަށް ޖަވާބު ލިބިގެން ދާނެ އެވެ.
ޓޫރިޒަމް ދާއިރާއަށް ވަދެވުނީ ކިހިނެތް؟
"ކިޔެވުން ނިންމާލިތާ މާ ގިނަ ދުވަސް ނުވަނީސް ބޭބެގެ ފަރާތުން އެނގުނީ އޮޅުވެލި ބީޗް ރިސޯޓު އެންޑް ސްޕާގައި ވަޒީފާ އަށް ހުޅުވާލާފަ އޮތްކަން. އެތަނުގައި އެޗްއާރު އެޑްމިނިސްޓްރޭޓަރ އެންޑް ކޯޑިނޭަޓަރ ގެ މަގާމުގައި ދެ އަހަރާއި ބައި މަސައްކަތް ކުރިން، ރިސޯޓުގައި ވަޒީފާ އަދާކުރަމުން އެޗްއާރު މެނޭޖުމަންޓް އިން ކޯހެއް ހެދީ، އޭގެ ފަހުން އެޗްއާރު އެޑްމިނިސްޓްރޭޓަރެއްގެ މަގާމަށްވުރެ މަތީ މަގާމަކަށް އެޕްލައި ކުރުމަށް އާ ހިތްވަރެއް ލިބުނު. ދެން މަސައްކަތް ކުރީ ލަކްސް މޯލްޑިވްސް ރިސޯޓުގައި އެޗްއާރު އެންޑް ޓްރޭނިންގ ކޯޑިނޭޓަރެއްގެ ގޮތުގައި." އަޝްރަފްގެ ކެރިއަރ ފެށުނުގޮތް ކިޔާދިނެވެ.
މި ދާއިރާއިން އެންމެ ބޮޑު އިންސްޕިރޭޝަނެއް ލިބުނީ ކާކު ފަރާތުން؟
"18 މަސްވަންދެން ލަކްސް މޯލްޑިވްސް ގައި މަސައްކަތް ކުރި އިރު އެންމެ ބޮޑު އިންސްޕިރޭޝަނެއް ލިބުނީ ހުސެން އަފީފްގެ ފަރާތުން. އަފީފް އަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ހޮސްޕިޓަލިޓީ ޓްރޭނަަރ. އަފީިފް ގެ ދަށުން އަޅުގަނޑު މަސައްކަތް ކުރި އިރު އަފީފް ގެ ފަރާތުން ވަރަށް ބައިވަރު އެއްޗިސް ދަސްވި. ކުރީގަ ނުކެރޭ މާ ގިނަ މީހުން ކުރިމައްޗަށް އަރާފަ ވާހަކަދައްކާކަށް. ނަމަަވެސް ޓްރޭނިންގ ރޫމްގައި އަފީފް ކުރާ މަސައްކަތް ފެނިފަ އާ ހިތްވަރެއް ލިބުނު." އަޝްރަފް ކިޔާދިނެވެ.
ލަކްސް މޯލްޑިވްސްގައި އަޝްރަފް ފުރަތަމަ އަދާކުރީ އެޗްއާރު އެންޑް ޓްރޭނިންގ ކޯޑިނޭޓަރެއްގެ މަގާމެވެ. އަދި އެޔަށްފަހު މަސައްކަތް ކުރީ ޓްރޭނިންގ އެންޑް ކޮލެޓީ އެޝުއަރެންސް ގެ މަގާމުގަައެވެ.
"ލަކްސްގައި މަސައްކަތް ކުރަނިކޮށް އެއްދުވަހު ފެންނަނީ ސޮނޭވާ ފުށިން އެސިސްޓަންޓް ޓްރޭނިންގ މެނޭޖަރެއްގެ ވަޒީފާއަށް އިއުލާން ކޮށްފަ އޮއްވަ. ސޮނޭވާ އަކީ ވަރަށް ގިނަ ގޮތްގޮތުން އެހެން ރިސޯޓުތަކާއި ތަފާތު ރިސޯޓެއް. ވަރަށް އުފާވި ސޮނޭވާ އިން ވަޒީފާ ލިބުނީމަ. ސޮނޭވާގައި ވަޒީފާ އަދާ ކުރަން ފެށިފަހުން ވަރަށް ގިނަ އެއްޗިސް ދަސްވެ އިމްޕްރޫވް ކުރެވުނު."
ސޮނޭވާ އިން ވަޒީފާ ލިބުމަށްފަހު ޓްރެއިން ކުރާނީ ކިހިނެތްކަން އަޝްރަފް އަށް އުނގަންނައިދޭނެ މީހެއް ނެތުމުން އިންޓަނެޓުން މައުލޫމާތު ހޯދާ، ޔޫޓިއުބް ވީޑިއޯތަކާއި ތަސްވީރުތައް ބަލާފައިވާކަންވެސް އަޝްރަފްގެ ވާހަކާގައި ފާހަގަކޮށްފައިވެއެވެ.
ސޮނޭވާ އިން ވަޒީފާ ލިބުމަށްފަހު މި ދާއިރާއިން އިތުރަށް ލިބުނު ކުރިއެރުމަކީ ކޮބާ؟
"ސޮނޭވާގައި އަޅުގަނޑުގެ މެނޭޖަރެއްގެ ގޮތުގައި ހުރީ ސާރާ. ޓްރޭނިންގ އެއްގައި ޓްރެއިން ކުރަން ބޭނުންކުރާ އުކުޅުތަކާއި އޯޑިއެންސް ހޭންޑަލް ކުރާނެ ގޮތަކުގެ އިތުރުން ވަރަށް ބައިވަަރު އެއްޗިސް ދަސްވި. ސާރާގެ ފަރާތުން ލިބުނު ތައިލޭންޑުގައި އޮންނަ ސޮނޭވާ ކިރީގައި އެއް މަސް ދުވަސްވަންްދެން މަސައްކަތް ކުރުމުގެ ފުރުަސަތު. އެ ދަތުރުގަައި އެހެން ސަގާފަތުގެ މީހުންނާއެކުު މަސައްކަތްކުރާނެ ގޮތްތައް ދަސްވި."
މިހާ ހިސާބަށް އާދެވުން އިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
"ކޮންމެ ތަނަކަށް ވަޒީފާއަށް ލިޔަސް ބަލަނީ އެކްސްޕީރިއެންސަށް. ވަޒީފާއެއް އަދާކުރަން ފުރުސަތު ލިބިގެން ނޫންތޯ އެކްސްޕީރިއެންސް ލިބޭނީ ވެސް؟ ވަރަށް ބޮޑު ޗެލެންޖަކަށްވި އެހެންވެ."
މުސްތަޤުބަލު ސިފަކުރަނީ ކިހިނެތް؟
" އަފީފް އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު ދިވެހި ޓްރޭނަރ. އޭނާ ހުރި މަގާމުގައި ނެތް މި ރާއްޖޭގައި އަދި އެކަކުވެސް. އަފީފް އިންސްޕިރޭޝަނެއް ގޮތުގައި ދެކިގެން އެ މަގާމަށް ދިޔުން އެއީ ހުވަފެނެއެއް."
ލިބޭ ހުސް ވަގުތުތައް ހޭދަ ކުރަނީ ކޮން ކަމަަކު؟
"ގިިޓާ ކުޅުމާއި ރާޅަށް ދިޔުން. ދެން ފޮތްވެސް ކިޔަން."
ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟
"އެއް ފަހަރު ވަޒީފާ އަށް ލައިގެން ވަޒީފާ ނުލިބުނަސް އެހާ ހިސާބުން ހުއްޓާ ނުލާށޭ. ކިތަންމެ ފަހަަރަކު ލައިގެންވެސް ވަޒީފާ ހޯދާށޭ. ބޭނުންވާ ވަޒީފާ ނުލިބުމުން ވަޒީފާ އަކަށް ނުގޮސް ހުރުމުގެ ބަދަލުގައި ކުޑަ ވަޒީފާއަކުން ނަމަވެސް ފަށާށޭ. އޭރުން ކުރި އަރާނީ. ރާއްޖޭަގައި އެބަ އޮތް ބައިވަރު ރިސޯޓްސް. އެހެންކަމުން ވަޒީފާގެ ފުރުސަތުތައް ވަރަށް ބައިވަރު."
އަޝްރަފް އަކީ ޒުވާނުންނަށް ހުރި މިސާލެކެވެ. އަމިއްލަ ނަަފްސަށް އިތުބާރު ކޮށްގެން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ހިތްވަރާއެކު މަސަައްކަތްކުރާނަމަ ކާމިޔާބު ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް