ވިނޯދް ކަންނާގެ ޖަނާޒާގައި ތިން ހާނުން ބައިވެރި ނުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ވިނޯދް ކަންނާ މަރުވެގެން އޭނާގެ ޖަނާޒާގައި ބައިވެރިވާން ބޮލީވުޑްގެ މަޝްހޫރު ތިން ހާނުން ކަމަށްވާ ސަލްމާން ހާނާއި ޝާރުކް ހާން އަދި އާމިރު ހާން ބައިވެރިނުވެގެން ރިޝީ ކަޕޫ...

29 Apr 2017 | 02:00

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ވިނޯދް ކަންނާ މަރުވެގެން އޭނާގެ ޖަނާޒާގައި ބައިވެރިވާން ބޮލީވުޑްގެ މަޝްހޫރު ތިން ހާނުން ކަމަށްވާ ސަލްމާން ހާނާއި ޝާރުކް ހާން އަދި އާމިރު ހާން ބައިވެރިނުވެގެން ރިޝީ ކަޕޫރު ފާޑު ކިޔައިފި އެވެ.

ވިނޯދް ކަންނާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. އެ ޖަނާޒާގައި ގިނައިން ބައިވެރިވީ ކުރީގެ ތަރިންނެވެ. މިހާރުގެ ޒުވާން ތަރިންގެ ތެރެއިން ޖަނާޒާގައި ބައިވެރިވީ އަބީޝެކް ފަދަ މަދު ތަރިއެކެވެ.

ރިޝީގެ ދަރިފުޅު ރަންބީރު ކަޕޫރު އެ ޖަނާޒާގައި ބައިވެރިނުވީ ރަށުގައި ނެތުމުންނެވެ.

ރިޝީ އެކަމާ ރުޅި އައިސްގެން ކުރި ޓުވީޓު ފައްޗެއްގައި ބުނެފައިވަނީ މިހާރުގެ ޒުވާން ތަރިންގެ ފަރާތުން ކުރީގެ ތަރިންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ނުދޭކަމަށެވެ. އަދި ކުޑަމިނުން ވިނޯދާއިއެކު މަސައްކަތް ކުރި ޒުވާން ތަރިންނަށްވެސް ޖަނާޒާގައި ބައިވެރިވާން ނުކެރުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އެހެން ބުނެފައި އޭނާ ވަނީ ތިން ހާނުންގެ ފާހަގަ ކޮށްފައި އެވެ

އޭގެ އިތުރުން ރިޝީ ބުނެފައިވަނީ ޕްރިޔަންކާ ޗުއްޓީގައި އިންޑިއާއަށް ދިއުމުން ގިނަ އަދަދެއްގެ ތަރިން އެއްވެގެން ޕާޓި ބާއްވާއިރު ވިނޯދްގެ ޖަނާޒާގައި ބައިވެރިވާނެ ވަގުތު ނުވި ކަމަށެވެ. އޭގެ ޖަވާބުގައި އެ ޕާޓީގައި ބައިވެރިވި ތަރިއަކުވަނީ އޭނާ ބުރާސްފަތި ދުވަހު ރަށުގައި ނެތިން ކަމަށް ބުނެފައި އެވެ.

ތިން ހާނުންގެ ވާހަކަ ރިޝީ ފާހަގަ ކުރި އިރު އެ ތިން ތަރިންގެ ތެރެއިން ވިނޯދް ކަންނާ މަރުވެގެން ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ހިތާމަ ފާޅުކޮށްލާފައި ވަނީ ސަލްމާން ހާން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް