ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވަޒީރު ތާރިޤު އިބްރާހިމް /ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ
ފަތުރުވެރިކަމަށް އައި ލޮޅުމާއެކު، ހިންގުމުގެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ
ރިސޯޓުތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މާލީ އެހީތެރިކަން
ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤް
އިބްރާހީމް ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވަޒީރު ވިދާޅުވީ، ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން ބައެއް
ރިސޯޓުތައް ހިންގުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިކަމަށް ހައްލެއް
ހޯދުމަށް މަޓީއާ މަޝްވަރާކޮށް، ބޭންކުތަކުގެ އެހީގައި މާލީ ލުއިތަކެއް
ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ވަޒީރު ފާހަގަކުރެއްވި
ގޮތުގައި ބީއެމްއެލް އިން މިހާރުވެސް ދަނީ ދަތިތައް ހުރި ރިސޯޓުތަކަށް އެކި ކަހަލަ
މާލީ ފެސިލިޓީތައް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންނެވެ.
މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ
އަދަދު އިތުރުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން އާ
އެއާލައިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ވިޒިޓް މޯލްޑިވްސް މެދުވެރިކޮށް އިންޑިއާ، އާޝިއާން އަދި ސީއައިއެސް
ގައުމުތަކަށް އަމާޒުކޮށްގެން ބޮޑު ޑިޖިޓަލް މާކެޓިން ކެމްޕެއިނެއް މި ހަފުތާގައި
ފަށާނެ ކަމަށް އިއުލާން ކުރެއްވިއެވެ.
ޚާއްސަކޮށް އިންޑިއާ މާކެޓަށް އަމާޒުކޮށްގެން
ކުރިއަށްގެންދާ މި ހަރަކާތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނުގައިވެސް
ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ، އިގްތިސާދީ ހާލަތު ރަނގަޅުވާނެ
ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް