އީރާނުން އެމެރިކާއަށް 14 ނުކުތާގެ ހުށަހެޅުމެއް - ޓްރަމްޕް ބުނީ ޤަބޫލުކުރެވިދާނެކަމަށް ނުބެލެވޭ ކަމަށް

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން 14 ނުކުތާގެ އާ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް ފޮނުވައިފައިވާ ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ޤަބޫލުކުރެވިދާނެ ކަ...

03 May 2026 | 00:03
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްްޕް - ފޮޓޯ: ވައިޓްހައުސް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްްޕް - ފޮޓޯ: ވައިޓްހައުސް

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން 14 ނުކުތާގެ އާ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް ފޮނުވައިފައިވާ ކަމަށާއި، ނަމަވެސް އެ ހުށަހެޅުން ޤަބޫލުކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ހޮނިހިރު ދުވަހު އެއާ ފޯސް ވަންއަށް އެރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އެ ހުށަހެޅުން ރިވިއުކުރަމުންދާ ކަމަށާއި "ފަހުން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނާނެ" ކަމަށެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ސޯޝަލް މީޑިއާގައި ޓްރަމްޕް ބުނީ، ފާއިތުވި 47 އަހަރު ދުނިޔެއަށް އީރާނުން ކޮށްފައިވާ ކަންތައްތަކަށް "އެކަށީގެންވާ އަގެއް" އަދި ދައްކާފައި ނުވާތީ އެ ހުށަހެޅުން ޤަބޫލުކުރެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އީރާނުގެ ރެވޮލިއުޝަނަރީ ގާޑާ ގާތް ގުޅުން އޮންނަ ކަމަށް ބެލެވޭ ދެ ނޫސް ކަމަށްވާ ތަސްނީމް އާއި ފާރްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ނުވަ ނުކުތާގެ ހުށަހެޅުމަށް ޖަވާބެއްގެ ގޮތުގައި އީރާނުން މި 14 ނުކުތާގެ ހުށަހެޅުން ފޮނުވީ ޕާކިސްތާން މެދުވެރިކޮށެވެ. އީރާނުގެ ދައުލަތުގެ ރަސްމީ މީޑިއާ އިން މި ހުށަހެޅުމާ ބެހޭ ޚަބަރެއް ގެނެސްދީފައެއް ނުވެއެވެ.

މި ހަފުތާ ކުރީކޮޅު ވެސް ޓްރަމްޕް ވަނީ އީރާނުގެ ހުށަހެޅުމެއް ބޭރުކޮށްލައިފައެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ އިރު، ތިން ހަފުތާގެ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ދެމިއެބައޮތް ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސް ބައިކުޅަ އެއް ބައި ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމުގެ އާ ޕްލޭނެއް ވެސް ޓްރަމްޕް ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް