މެކްސިކޯގައި ކޮރޯނާވައިސް (ކޯވިޑް-19) އަށް ޕޮޒިޓިވްވެފައިވާ އަންހެނަކު ވިހެއި އެއް މާބަނޑު ދެކުންދިންނަށް 'ކޮރޯނާ' އާއި 'ވައިރަސް'ގެ ނަމުން ނަން ދީފި އެވެ.
އެގައުމުގެ ލަ ވިލާ ހޮސްޕިޓަލުގައި ވިހޭ އެނަ މާރިއާ ޖޯޒް ރަފެއަލް ގޮންޒަލޭޒް ނަމަކަށް ކިޔާ 34 އަހަރުގެ މި އަންހެން މީހާ އަށް ލިބިފައިވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އަންހެން ކުއްޖާއަށް ކިޔާފައިވަނީ ކޮރޯނާ ޖޯޒް މިގުއެލް ގޮންޒަލޭޒް އެވެ. ފިރިހެން ކުއްޖާގެ ނަމަކީ ވައިރަސް ޖޯޒް މިގުއެލް ގޮންޒަލޭޒް އެވެ.
އެ އަންހެން މީހާގެ ވިހުއެމަށް ލާފަކޮށްފައިވާ ތާރީހަކީ މީގެ އެއް ހަފްތާ ފަހެވެ. އެމެރިކާއަށް ވިހެއުމަށް ފުރަން އޮތް ދަތުރު ކެންސަލް ކޮށްލަންޖެހުނީ ވައިރަހަށް ޕޮޒިޓިވްވެ ބޯޑަރުތައް ބަންދުވުމުންނެވެ.
އެ އަންހެން މިހާ ބުނެފައިވާ ގޮތުން ވިހެއުމުގެ ކުރިން ދަރިންނަށް ކިޔާނެ ނަމަކާއި ދޭތެރޭ ވިސްނާފައިނުވާ ކަމަށާއި، ކޮރޯނާ އާއި ވައިރަސް ކިޔުމަށް ޚިޔާލު ދިނީ އޭނާ ވިއްސި ޑޮކްޓަރު ކަމަށެވެ.
ނަމަވެސް ޑޮކްޓަރު އެޑުއާޑޯ ކަސްޓީލާސް މީޑީއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެއީ އޭނާ މަޖަލަކަށް ދިން ޚިޔާލެއް ކަމަށެވެ. އަވައްޓެރި އިންޑިއާގައިވެސް ވަނީ ދާދި ފަހުން ވިހޭ ކުއްޖަކަށް ކޮރޯނާގެ ނަމުން ނަން ކިޔާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް