ފުލުހުންގެ87 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ނުރައްކާތެރި ކޯވިޑް-19 އިން ރައްކާތެރިވުމަށް އިޖްތިމާއީ ގައިދުރުކަމަށް ހިތްވަރީ ދީ ކަމަށް ފުލުހުން ބުނެފި އެވެ.
އިޖްތިމާއީ ގައި ދުރުކަމަށް ހިތްވަރު ދިނުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ބަިއވެރިވީ ހަމައެކަނި ދިދަ ނަގަން ދިޔަ ހަތަރު ފުލުހުންނެވެ. އާންމުކޮށް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކޮންމެ އަހަރު ހޯމް މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް އާއި ފުލުހުންގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެ އެވެ.
ފުލުހުން ބުނީ މިގޮތަށް އެ ރަސްމިއއްޔާތު ކުރިޔަށް ގެންދިޔައީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތީ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ އަހަރީ ދުވަހުގެ ޖަލްސާވެސް ފަސްކޮށްފައި އެވެ. ފުލުހުން ބުނީ އެ ޖަލްސާ ދެން ބާއްވާނީ ކޯވިޑް-19 ގެ ހާލަތު ބަދަލުވުމުން ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްތަނަކަށް އެއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް