އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުމެއް މާލޭ ސިޓީގައި މިއަދު ބާއްވައިފިއެވެ.
މިއަދު ހަވީރު 16:15 ގައި ބޭއްވި ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 އަންހެން ސިފައިންގެ ތެރެއިން 40 ކަނބަލުން ބައިވެރިވެފައިވެއެވެ. މި ޝަރަފުގެ ހިނގާލުމުގެ ކޮމާންޑަރަކަށް ހުންނެވީ މޭޖަރ ޙައްވާ ޝެނީންއެވެ.
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޝަރަފުގެ ހިނގާލުން، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.
މި ޝަރަފުގެ ހިނގާލުން ބޭއްވި މަގުތަކުގެ އެކި ސަރަޙައްދުތަކުގައި ޝަރަފުގެ ހިނގާލުން ހުއްޓި ސިފައިންގެ ބޭންޑުގައި ރާގުތައް ވަނީ ކުޅެފައެވެ. މިއަދު ބޭއްވި ޝަރަފުގެ ހިނގާލުމަށް އާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް