ރަސްފަންނަށް މޫދަށް ނޭރެން ހެލްތުން އަންގައިފި

ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދުގައި ނަޖިސް ދައުރުވަމުން އަންނާތީ ރަސްފަންނަށް މޫދަށް ނޭރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ. އެޗްޕީއޭއިން މިގޮތަށް އަންގާފައިވަނީ އެ...

29 Mar 2019 | 16:15

ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދުގައި ނަޖިސް ދައުރުވަމުން އަންނާތީ ރަސްފަންނަށް މޫދަށް ނޭރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިގޮތަށް އަންގާފައިވަނީ އެޗްޕީއޭގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އެޗްޕީއޭއިން ބުނެފައިވަނީ ރަސްފަންނުގެ ލޮނުގަނޑު ނަޖިހާއި ތަގައްޔަރުވެފައިވާކަމުގެ ރިޕޯޓް ލިބުމާއެކު އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި މިވަގުތުން ފެށިގެން ވަކި ގޮތަކަށް އަންގަންދެން ރަސްފަންނަށް މޫދަށް ނޭރުމަށްވެސް ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1111657173434523649

ހެލްތުން މިހެން ބުނެފައިވާއިރު މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ބުނެފައިވަނީ ރަސްފަންނުގައި  ނަޖިސް ދައުރުވާތީ މޫދަށް އެރޭ ސަރަހައްދު ހުސްކުރުމުގެ  މަސައްކަތް، މާލޭ ސިޓީ ކައުންސިލްގެ އެދިލެއްވުމުގެ މަތިން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

ހަމަ މިކަމުގައި މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރަސްފަންނު މުދު މިވަގުތު ވަނީ ބަންދު ކުރެވިފައިކަމަށާއި ބަލަން ޖެހޭ ބައެއް ކަންކަން ބެލުމަށްފަހު ހުޅުވާނެ ވަކި ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށެވެ.

[contentcards url="https://dhuvas.mv/83485"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް