ރަސްފަންނުގައި މޫދަށް އެރޭ ސަރަހައްދުގައި ނަޖިސް ފެތުރިފައިވާތީ އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެކަން ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުގެ އެދިލެއްވުމަށް ކަމަށެވެ. އެކަމުގައި ސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ނަޖިސް ދައުރުވާކަމުގެ ޝަކުވާ ބޮޑުވެފައިވާކަމަށް މިހާރު ނޫހުގައި މިރޭ ރިޕޯޓްކޮށްފައިވެއެވެ.
އެ ނޫހާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އޭނާ މިއަދު ރަސްފަންނު ސަރަހައްދަށް ދިޔައިރު މޫދަށް އެރޭ ސަރަހައްދުގެ ފެންމަތީގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވަމުން ދިޔަ ކަމަށެވެ.
"ކުލަ ބަދަލުވެ، ހުދު ކުލައިގައި އެތަކެތި ހުރުމުން ގިނަ މީހުންނަށް އެއީ ނަޖިސްކަން ފާހަގަނުވާކަމަށް" އޭނާ ބުނެފައިވެއެވެ.
https://twitter.com/HPA_MV/status/1111657173434523649
މިހާރުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މައްސަލައިގާ މިއަދު ހަވީރު އެންވަޔަރަންމަންޓް ޕޮލިހުން ގެންގޮސް އެކަން ޕޮލިހުންގެ ސަމާލުކަމަށްވެސް ގެނެސްފައިވެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ހެދި އެ ސަރަހައްދުގައި ނަޖިސް ދައުރުވުމުގެ ޝަކުވާ ކުރިންވެސް އައިސްފައިވެއެވެ. އަދި އެތަން ހެދުމުގެ ކުރިންވެސް، އެ ސަރަހައްދުގައި އެފަދަ ތަނެއް ހަދަން ހެޔޮ ނުވާނެކަމަށް ގިނަ ބަޔަކު ބުނެ އަޑު އުފުލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް