އަޅުގަނޑު ސްލޮއޭ ވިދާޅުވި ނަމަވެސް ސަރުކާރުގެ މަސައްކަތްތައް ލަސްވާކަމަށް ގަބޫލެއް ނުކުރަން: ރައީސް ސޯލިހް

ސަރުކާރު ކުރިއަށްދާލެއް ލަސްކަމުގައި ގަބޫލުފުޅު ނުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ޓީވީއެމްގެ ހޭޔަމްބޯ ޕްރޮގްރާމްގައި ...

29 Mar 2019 | 11:04

ސަރުކާރު ކުރިއަށްދާލެއް ލަސްކަމުގައި ގަބޫލުފުޅު ނުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ޓީވީއެމްގެ ހޭޔަމްބޯ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑު ތަންކޮޅެއް "ސްލޮއޭ". މާލަހޭ ސަރުކާރުގެ ދާލެއް. އަޅުގަނޑަކަށް އެތަނެއް ނުފެނޭ.ޚާއްޞަކޮށް ވެރިކމަމުގައި ހުރެ ސަރުކާރުން ކަމެއް ވަކިގޮތަކަށް ނިންމާފައިވާނަމަ، ޚާއްޞަކޮށް ހުރިހާ ރައްޔިތުންނަށް ވާގޮތަށް ކަމެއް ނިންމާފައި އެކަމެއް ނިންމާ ބަދަލުކުރަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ވާނެކަމެއް. ކަމެއް ކުރިމައްޗަށް އައުމުން ބޮޑުކަމެއް އައުމުން އެއީ ހައްލު ހޯދޭނެކަމެއްކަން އަޅުގަނޑު ޤަބޫލުކުރަނީ. މީގަ ހައްލު ހޯދޭނެ. ހައްލު ނުހޯދޭނެކަމެއް ނޯންނާނޭ. ވިސްނީމަ ހައްލު ފެންނާނޭ. ވަރަށް ޕޮޒިޓިވް މައިންޑެއްގައި ކަންތައްތައް ކުރެވެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކުރިފުޅުމައްޗަށް ކަމެއް ނިންމުމަށް އައުމާއެކު އެކަމަކުން ނިކުންނާނެ ނަތީޖާއާއި މެދު ވިސްނަވާކަމަށެވެ. ކުއްލިއަކަށް ނިންމަންޖެހޭ ނިންމުންތަކުންވެސް ނިކުންނާނެ ނަތީޖާއަށް ވަރަށް ބޮޑަށް ބައްލަވާ ކަމަށެވެ.

ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އާންމު ދިރިއުޅުއްވުމުގައިވެސް އަމަލުކުރައްވަނީ އެގޮތަށް ކަމަށެވެ. އަވަސް އަރުވާލައިގެން ކަންކަން ނިންމެވުމަށްފަހު ނުވަތަ ވަކި ގޮތަކަށް ކަމެއް ނިންމެވުމަށްފަހު އެކަމެއް ބަދަލުކުރުމަކީ ވަރަށް ބޮޑު ގެއްލުމެއް ރައްޔިތުންނަށް ވާނެ ކަމެއްކަން ގަބޫލުފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ހޭޔަމްބޯއަށް ދެއްވި ހާއްސަ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި ނިންމެވުމެއް ނިންމަވާނަމަ އިސްކުރައްވާނީ ރައްޔިތުންގެ މަސްލަހަތުކަމުގައިވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންނަށް އޮޅުވާލައްވާނެ ބޭފުޅެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް