މިހާރު ބޮލީވުޑް ދުނިޔޭގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައަކީ މަލައިކާ އަރޯރާ އާއި އަރްޖޫން ކަޕޫރު ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކައެވެ.
މަސްދަރުތަކުން ބުނާގޮތުގައި މި ދެތަރިން އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ކައިވެނި ކުރާނެއެވެ.
ކައިވެންޏަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މަލާއިކާ މިވަނީ ރާއްޖެ އައިސްފައެވެ. މަލާއިކާ ރާއްޖެ އައިސްފައިވަނީ އޭނާގެ ގާތް އެކުވެރިންތަކެއް ކަމުގައިވާ ވާބީޒް މެހެތާ އާއި ދިލްނާޒް ދާރޫ ވާލާ އާއި ޕްރެސީ ޕެންޑާ އާއި އެކުގައެވެ.
މަލާއިކާގެ އިންސްޓަގްރާމް އެކައުންޓުން ލިބޭ މައުލޫމާތަށް ބަލާއިރު އެކުވެރިންނާއެކު އޭނާ ހުންނަނީ ނިޔާމަ ޕްރައިވެޓް އައިލެންޑްސްގައެވެ.
މަލާއިކާ އަރޯރާ އާއި އަރްޖޫން ކަޕޫރު ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު މަލާއިކާ ކުރިން ކައިވެންޏެއް ކޮށްފައިވެއެވެ. 1998 އިން 2017 އަށް ކައިވެނިކޮށްގެން އުޅުނީ އަރްބާޒް ޚާން އާއެވެ. އެ ދެމީހުންނަށް ދަރިއަކުވެސް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް