ކަސްޓަމްސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއާއި، އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީއަށް ބަދަލު ގެނެސްފިއެވެ.
ކަސްޓަމްސްއިން ބުނެފައިވާގޮތުގައި ސަރުކާރުގެ އާ ސިޔާސަތާއި އެއްގޮތަށް، ކަސްޓަމްސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން، މުސާރައާއެކު ހަ މަސްދުވަހުގެ ޗުއްޓީ ދޭ ގޮތަށާއި، ފިރިހެން މުވައްޒަފެއްގެ އަނބިމީހާ ވިހެއުމާ ގުޅިގެން މުސާރައާއެކު އެއް މަސްދުވަހުގެ ޗުއްޓީ ފިރިހެން މުވައްޒަފުންނަށް ދޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ކަނޑައެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނިގެން މިބަދަލު މިހާރު ކަސްޓަމްސްގެ މުވައްޒަފުންގެ ޤަވާއިދަށް ގެނެވިފައިވާއިރު، ޤަވާއިދަށް ގެނެވުނު އިސްލާޙު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުވެސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް