ދ. ކުޑަހުވަދޫގައި ގެނބިގެން ކުޑަކުއްޖަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އެ ރަށު ސަމަންދަރު އަހްމަދު އަފްސާން 17، އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 1:45 ހާއިރު އެވެ.
އޭނާ މަރުވެފައި އޮއްވަ ފެނުނީ އެ ރަށު ދެކުނު ފަރާތު މޫދުން، އެ ކުއްޖާ ގެއްލިގެން ހޯދަން ނުކުމެ އުޅުނު ބަޔަކަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް