އެސްޓީއޯ ސުޕަމާޓުން އަލް ނޫރު ހިކި ކިރު ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން ބުނީ ދިވެހިންގެ ތެރޭގައި މަގުބޫލު މި ބްރޭންޑު ހާއްސަ އަގުތަކެއްގައި ވިއްކަން ނިންމީ ހިކިކިރަކީ ދިވެހިންގެ ގޭގޭގައި ވަރަށް ގިނައިން ބޭނުންކުރާ ޒަރޫރީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބާވަތަކަށް ވާތީ، މިފަދަ ޒަރޫރީ ބާވަތެއް ހެޔޮ އަގުގައި ރަތްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އޮމާން ފުޑްސްޓަފް"ގެ އުފެއްދުމެއް ކަމަށްވާ އަލް ނޫރު ހިކިކިރު މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް ވިއްކާނީ 800 ގްރާމް ޕެކެޓެއް 92ރ. އަށް އަދި 1،800 ގްރާމްގެ ޕެކެޓެއް 205ރ. އަށް، 2،250 ގްރާމްގެ ޕެކެޓެއް 240ރ. އަށެވެ.
ކޭސް ގަންނަ ފަރާތްތަކަށް 800 ގުރާމްގެ ކޭހަކުން 99ރ، 1800 ގުރާމްގެ ކޭހަކުން 90ރ އަދި 2250 ގުރާމްގެ ކޭހަކުން 80ރ ގެ ރީޓެއިލް އަގަށްވުރެ ހެޔޮ ޑިސްކައުންޓެއް ލިޞޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މީގެ އިތުރުންވެސް ހޯލްސޭލްކޮށް ގިނަ އަދަދަކަށް ގަންނަ ނަމަ ހާއްސަ އަގުތަކެއްގައި އަލްނޫރް ހިކިކިރު ލިބޭނެ އެވެ.
އޮމާން ފުޑްސްޓަފް އިން ބަންދު ކުރަމުން އަންނަ ކިރު ބްރޭންޑްތަކުގެ ތެރޭގައި އަލް ނޫރު، ކޯސްޓް އަދި އަލްމުދިޝް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް