މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި އަޅާ ތިން ޓަވަރުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް ފަށައިފިއެވެ.
އެމްޕީއެލްއިން ބުނީ އެ މަސައްކަތް ފެށީ ރޭގައި ކަމަށެވެ. އެ ކުންފުނިން ލަފާ ކުރާގޮތުގައި ތިން ޓަވަރުގެ ފުރަތަމަ ހަތަރު ބުރީގެ މަސައްކަތް ކުރިޔަށް އޮތް ހަ މަސްތެރޭ ނިންމާލެވޭނެ އެވެ.
މި ޓަވަރުތަކަކީ 14 ބުރީގެ އިމާރާތް ތަކެކެވެ.
ޓަވަރުތަކުގެ މަސައްކަތް އެ ކުންފުނިން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުއެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެމްޕީއެލްއިން އަޅާ ތިން ޓަވަރުގައި ޖުމްލަ 534 އެޕާޓްމަންޓު ހުންނާނެ އެވެ. އެއީ އެއް ކޮޓަރީގެ 204 އެޕާޓްމެންޓާއި، ތިން ކޮޓަރީގެ 330 އެޕާޓްމެންޓެވެ.
އެމްޕީއެލްގެ އިތުރުން އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީންވެސް ދަނީ ހުޅުމާލޭގައި ތަވަރުތަކެއް ހަދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް