ރާއްޖެ ޓީވީ އާއި ގުޅޭ އެއްވެސް މައްސަލައެއް ނުބަލަން: ބްރޯޑްކޮމް

ރާއްޖެ ޓީވީ އާއި ގުޅޭ އެއްވެސް މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ނުދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. މިއަދު މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ މެންބަރަކު ހުށަހަޅައިގެން ...

29 Mar 2018 | 07:24

ރާއްޖެ ޓީވީ އާއި ގުޅޭ އެއްވެސް މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ނުދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މިއަދު މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ މެންބަރަކު ހުށަހަޅައިގެން ރާއްޖެ ޓީވީ އާއި ގުޅޭ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރަން ސަރުކާރުން ދެކޮޅު ހެދި މައްސަލައިގައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް ހައްޔަރުކުރަން ނަޝީދު ވިދާޅުވި އިންޓަވިއުއެއް ރާއްޖެ ޓީވީން ބްރޯޑްކާސްޓު ކުރި މައްސަލަ އެވެ.

އެ ކޮމިޝަނުގެ މެންބަރަކު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސްޓޭޝަނާއި ގުޅޭ އެއްވެސް މައްސަލައެއް މިވަގުތު ހުށަހެޅިފައި ނުވާ ކަމަށާއި އަދި ބަލަމުން ނުދާ ކަމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ދެ ފަހަރެއްގެ މަތިން ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައި އެވެ. އެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ވަނީ މީގެ ކުރިން އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް