ވިލިމާލޭގައި ހުންނަ ހައުސިން މިނިސްޓްރީގެ ގުދަނެއްގައި އަލިފާން ރޯވެ އަނދާފައިވަނީ މި ސަރުކާރުން ހުޅުވާލި ހައުސިން ސްކީމަކަށް އެދުމަށް ހުށަހެޅި ފޯމްތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ހިނގި އެ ހާދިސާގައި އެ މިނިސްޓްރީގެ ގިނަ ލިޔެކިޔުންތަކާއި ފްލެޓު ފޯމުތަކެއް ވަނީ އަނދާފަ އެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ ފްލެޓަށް އެދި މީހުން ހުށަހަޅާފައިވާ ފޯމުތަކެއް އަނދައިގެން ގޮސްފައިވާ ކަމަށް ބުނެ ފޮޓޯތަކެއް ދައުރުވެފަ އެވެ. އަދި އެތަނުގައި އަލިފާން ރޯކޮށްލީ ގަސްދުގައި ކަމަށް ބުނެފައިވެ އެވެ.
މިކަން ސާފުކޮށްދިނުމުގެ ގޮތުން މިނިސްޓަރު މުއިޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފޮޓޯތަކުން އެ ފެންނަނީ 2005 އަހަރު، އޭރުގެ ހައުސިންގ މިނިސްޓްރީން ހިންގި ބޯހިޔާވަހި ކަމުގެ ސްކީމް އެއްގެ ފޯމުތަކެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްތަކަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ރައްކާކުރެވި، ސްކޭންކޮށް ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށެވެ.
https://twitter.com/MMuizzu/status/979017145265766402
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވިލިމާލޭގައި ހުންނަ އެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް