އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އަކީ ސަރުކާރުން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅި ބޭފުޅެކެވެ. އަދި ޝުނާނާ ވަނީ އެ ހާލަތު ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ގޮވާލާފަ އެވެ.
ޝުނާނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭޖީ އޮފީހުން އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށާއި 10 އަހަރު ދުވަހު އުޅުނު ވަޒީފާއިން ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އިިސްތިއުފާ ދެއްވާ ސީދާ ސަބަބު ހާމައެއް ނުކުރައްވާ ވިދާޅުވެފައިވަނީ އޭޖީ އޮފީހުން ވަކިވުމަކީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ.
ސުނާނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރަނގަޅު ހިދުމަތްތަކެއް ކުރަން އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
https://twitter.com/shuna_007/status/979078099101872128
ސުނާނާގެ އިތުރުން ޕީޖީ އޮފީހާއި އޭޖީ އޮފީހުގެ ވަކީލުންތަކެއް ވަނީ ސަރުކާރުން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނު އަސާސީ އާއި ހިލާފަށް އިއުލާނު ކުރި ހާލަތެއް ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް