ބަތަލާ އާއިލާ ބަޓް އެންމެ ބޭނުންވަނީ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކެއިފް އާއި އެކު ފިލްމެއް ކުޅެން ކަމަށް އޭނާ ބުނެފި އެވެ.
އާލިއާ އާއި ހަވަލާދީ މީޑިއާގައި ބުނެފައިވަނީ ގިނަ އަންހެން ތަރިންތަކެއް ލީޑްރޯލުން ފެނިގެންދާ ފިލްމެއް ހެދުމުގެ ހިޔާލު ބޮލީވުޑްގައި ފިލްމު އުފައްދާ ފަރާތްތަކުން މާ ގިނައިން ނުގެންގުޅޭ ކަމަށެވެ. އެހެންވެ ބަޔަކާ ގުޅިގެން ނަމަވެސް އެފަދަ ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި މަގުސަދަކީ އެ ދެތަރިންނާއި އެކު އެއް ފިލްމެއްގައި މަސައްކަތް ކުރުން ކަމަށެވެ.
މިހާތަނަށް އެފަދަ ހުށަހެޅުމެއް ލިބިފައި ނެތް ކަމަށާއި ފިލްމަކުން ހުށަހެޅުމެއް ލިބިއްޖެ ނަމަ ގަބޫލުކުރާނެ ކަމަށް އާލިއާ ބުންޏެވެ. އަދި ނުހެދިގެން ތިބެންޖެހޭ ސަބަބެއް ނެތް ކަމަށާއި އަންހެންނުން ލީޑްރޯލް ކުޅެފައިވަނީ ކުރީގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ދިލް ޗާހަތާ ހޭ" ފަދަ ފިލްމުތަކަކީ އަލުން ހެދިދާނެ ފިލްމުތައް ކަމަށެވެ.
އާލިއާ ބުނީ އެ ދެ ބަތަލާއިންނާއި އެކު އަދި އޭނާ ފެންނާނެ ކަމަށާއި އެކަމާ ގުޅޭގޮތުން އެ ދެމީހުންނާއި ވާހަކަވެސް ދައްކާފައިވާ ކަމަށެވެ.
މި ފަހަކުން ބޮލީވުޑްގައި ހުސް އަންހެން ތަރިން ލީޑްރޯލް ކުޅެފައިވާ ފިލްމަކީ މިއަހަރުގެ ޖޫން މަހު ރިލީޒް ކުރާ "ވީރް ދި ވެޑިން" އެވެ. އެ ފިލްމުގައި ކަރީނާ ކަޕޫރު، ސޯނަމް ކަޕޫރު، ސްވެރާ ބާސްކަރް އަދި ޝިހާ ތަލްސާނިއާ ލީޑްރޯލުން ފެނިގެންދާނެ އެވެ.
އާލިއާ އާއި ކެޓްރީނާ އަކީ އެންމެ ގާތް ދެ އެކުވެރިންނެވެ. ދެމީހުން އެކުގައި ތަންތަނަށް ދިއުމާއި ސޯޝަލް މީޑީއާގައި އެކުގައި ނަގާފައިވާ ފޮޓޯ ހިއްސާ ކުރުމަކީ ދެމީހުންވެސް އާންމުކޮށް ކުރާ ކަމެކެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް