އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ އެމްވީޓީވީގެ މިއަހަރުގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތިން އުމުރު ފުރާ އަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ދެ މުބާރާތުގައި އަމިއްލަ ގޮތުންނާއި ސްކޫލްތަކަށް ވާދަ ކުރެވެ އެވެ. ވާދަ ކުރެވޭ އުމުރު ފުރާތަކަކީ ހަ އަހަރާއި އަށް އަހަރާއި ދެމެދު، ނުވަ އަހަރާއި 13 އަހަރާއި ދެމެދު އަދި 13 އަހަރުން މަތީގެ އުމުރުފުރާގައި އެވެ.
އެ ޗެނަލުން ބުނީ މި މުބާރާތުން ވަނަ ވަނައަށްދާ ކުދިންނަށް އަގު ބޮޑު އިނާމުތައް ހުށަހެޅިފައިވާ ކަމަށެވެ. އަދި މުޅި މުބާރާތުން އެއް ވަނައަށްދާ ދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބިގެން ދާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ސްޓޭޝަންގެ ކައުންޓަރުންނާއި ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. ފޯމް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 15 ވަނަ ދުވަހެވެ.
މިއީ މި މުބާރާތްތައް ބާއްވާތާ ހަ ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް