ރާއްޖޭގެ ފުރަތަމަ ޕިއްޒާ ހަޓް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި މިރޭ ހުޅުވައިފި އެވެ. މާލޭ، އަމީނީ މަގުގައި މާލޭ ސްކޮޔާ (ގާކޮށީ ޓާޓާ ފްލެޓު) އިމާރާ...

28 Mar 2018 | 19:51

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި މިރޭ ހުޅުވައިފި އެވެ.

މާލޭ، އަމީނީ މަގުގައި މާލޭ ސްކޮޔާ (ގާކޮށީ ޓާޓާ ފްލެޓު) އިމާރާތުގައި މިރޭ ހުޅުވި ޕިއްޒާ ހަޓް ރަސްމީކޮށް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އާންމުންނަށް މިތަން ހުޅުވާލަން ނިންމާފައިވަނީ މާދަމާ ހެނދުނު 11:00 އިން ފެށިގެންނެވެ.

މާލޭގައި ޕިއްޒާ ހަޓް ހިންގަނީ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ. ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް އަކީ އިންޑިއާ އާއި ސްރީލަންކާގައި ޕިއްޒާ ހަޓާއި ކޭއެފްސީ އައުޓްލެޓްތައް ވެސް ހިންގާ ކުންފުންޏެެވެ.

މި  ރެސްޓޯރެންޓަކީ 70 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ. ޕިއްޒާ ހަޓް ހިންގާ ގަމާ އައިލެންޑުން ބުނީ މާލޭގައި ހުޅުވި ޕިއްޒާ ހަޓުންވެސް އެހެން ގައުމުތަކުގެ އައުޓްލެޓްތަކުން ލިބެން ހުންނަ ރަހަތައް ހެޔޮ އަގެއްގައި ލިބޭނެ ކަމަށެވެ.

އަދި ކުރިޔަށް އޮތްތާ މާލޭގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް ހުޅުވާނެ ކަމަށެވެ.

ހަމަ އެ ކުންފުނިން އެ އިމާރާތުގައި ކޭއެފްސީ ރެސްޓޯރަންޓެއް ހުޅުވުމަށް ވެސް ދަނީ ތައްޔާރުވަމުން ނެވެ. އެތަން ހުޅުވާނެ ތާރީހެއް އަދި ހާމައެއް ނުކުރެެ އެވެ.

މާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައިވެސް ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ ރެސްޓޯރެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް