ސިވިލް ކޯޓުން ޝަރީއަތް ހިންގާ ނިޒާމު ކަމަކު ނުދޭ: ޖޭއެސްސީ

ސިވިލް ކޯޓުގައި ޝަރީއަތް ހިންގާ ނިޒާމް މުރާޖައާ ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ. ޖޭއެސްސީން މިރޭ ނެރުނު ބަޔ...

29 Jan 2020 | 18:49

ސިވިލް ކޯޓުގައި ޝަރީއަތް ހިންގާ ނިޒާމް މުރާޖައާ ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގައި މިހާރު ގާއިމްކޮށްފައިވާ ޑިވިޝަންތަކަށް ބަހާލައިގެން މައްސަލަ ބަލާ އުސޫލަކީ އެންމެ ރަގަޅު އުސޫލެއް ނޫން ކަމަށެވެ. އެހެންކަމުން އެ ނިޒާމް މުރާޖައާކޮށް އިސްލާހު ކުރުމުގެ މަސައްކަތް ފެށުމަށް ޑީޖޭއޭއަށް މިއަދު އަންގާފައިވާ ކަމަށެވެ.

ސިވިލް ކޯޓުން ޝަރީއަތް ހިންގާ ނިޒާމަށް ބަދަލު ގެނައީ2015 ވަނަ އަހަރު ސުޕްރީމް ކޯޓުން އެގޮތަށް އެންގުމުންނެވެ. ސިވިލް ކޯޓުގައި ފަސް ޑީވިޝަނެއް އެބަދަލާއި އެކު ސުޕްރީމް ކޯޓުން ގާއިމް ކުރި އެވެ.

މިގޮތަށް ޑިވިޝަންތައް ބެހިފަހުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ރެކޯޑު އަދަދަކަށް މައްސަލަ ބެއްލެވިއެވެ. އެގޮތުން އެއް ދުވަހާ ހަލީމް ވަނީ160 މައްސަލަ ބައްލަފާއި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް