ނައްތާލެވިފައިވާކަން އިއުލާނު ކުރި ފަހުން ފެތުރެން ފަށާފައިވާ ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ހިމަބިއްސަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. ޖުމްލަ ޓެސްޓު ކުރި މީހުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ.
ހިމަބިއްސަށް ޓެސްޓު ކުރަމުންދަނީ ބަލި ޖެހުނު މީހުންނާއި އެކު އެއް މާހައުލެއްގައި އުޅޭ މީހުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.
އަލަށް ހިމަބިއްސަށް ޕޮސިޓިވްވި މީހުންނާއި އަލުން ފެތުރެން ފެށިފަހުން ޖުމްލަ އަށް މީހަކަށް ހިމަބިހި ޖެހިއްޖެ އެވެ. އޭގެ ތެރޭގައި ގާޒީ ސްކޫލްގެ ދަރިވަރަކުވެސް ހިމެނެ އެވެ. އެއީ ވެކްސިން ޑޯޒް ފުރިހަމަ ނުކޮށް ހުރި ކުއްޖެކެވެ. އެ ކޭސް އާއި ގުޅިގެން އެޗްޕީއޭއިން ބެލި ބެލުމުން ގާޒީ ސްކޫލްގައި މީސަލްސް ވެކްސިން ޑޯޡު ފުރިހަމަ ނުކުރާ 33 ކުއްޖަކު ތިއްބެވެ.
އެޗްޕީއޭއިން ގެންދަނީ މާލޭ ސޯޝަލް ސެންޓަރުގައި ހަ މަހާއި18 މަހުގެ ކުދިންނަށް ދޭ މީސަލްސް ވެކްސިންގެ ދެ ޑޯޒުގެ އިތުރުން އިތުރު ޑޯޒެއް ދެމުންނެވެ. އެއީ ހިމަބިހި ޖެހިއްޖެ ނަމަ އެ އުމުރުގެ ކުދިންނަށް ކުރިމަތިވާ ނުރައްކާ ބޮޑުކަމުންނެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީ އިއުލާން ކުރީ ތިން އަހަރުގެ ފިރިހެން ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް